އިލިޔާސް ލަބީބް
ހަބަރު
28 Aug 2023 | 14:22
ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ގްރޭޓާ މާލޭގެ އިހުތިސޯސަށް ތުލުސްދޫ، ހުރާ، ހިންމަފުށި ހިމަނަނީ

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ގްރޭޓާ މާލެ އޭރިއާގެ އިހުތިސޯސްގެ ތެރޭގައި ކ. އަތޮޅު ތުލުސްދޫ، ހުރާ، އަދި ހިންމަފުށި ހިމެނުމަށް ނިންމައިފިއެވެ. 

ރޭ އިފްތިތާހް ކުރި ޑިމޮކްރެޓްްސްގެ "ވެށިފަހި މާލެ މެނިފެސްޓޯ"ގައި ބުނެފައިވަނީ ގުޅީފަޅުންނާއި ގިރާވަރުފަޅުން ހިއްކާ ބިމުގެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް މީހުން ރަނގަޅަށް ދިރިއުޅޭން ފަށަން އަދި ދިގު މުއްދަތެއް ނަގާނެ ކަމަށެވެ. އަދި މި އަންދާޒާއަކީ ހުޅުމާލޭ މަޝްރޫއަށް ބަަލައި ކުރެވިފައިވާ އަންދާޒާއެއް ކަމުގައި މި މެނިފެސްޓޯގައި ވަނީ ބުނެފައެވެ. 

މިގޮތުން އެ ފަޅުތައް ހިއްކައި ނިމި، އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމުވެ ނިމެންދެން މަޑުކޮށްގެން ތިބެފިނަމަ އާއިލާތައް އިތުރަށް ނިކަމެތިވެގެންދާނެކަމުގައި ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ. 

އޭގެ ހައްލެއް ގޮތުގައި މެނިފެސްޓޯ ހިމަނާފައި ވަނީ މާލެ އަތޮޅުގައި މިހާރު ވެސް މީހުން ދިރިއުޅޭ ތިން ރަށެއް ގްރޭޓާ މާލެ އޭރިއޭގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމަށެވެ. އެއީ އަތޮޅުގެ ވެރިކަންކުރާ ރަށް ތުލުސްދޫގެ އިތުރަށް ހިންމަފުއްޓާއި ހުރާއެވެ.

މި ބަދަލުގެނައުމަށް ހަމަޖެއްސުމަށް ފަހު އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 25،000 އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމާއި މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް، އެންމެ ތޮއްޖެހިފައިހުރި ކޮށިތަކުގައި ހުރި ގޯތިގެދޮރަށް އެއްބަސްވެވޭ އަދުލުވެރި ބަދަލެއް ދިނުމަށް ފަހު އެ ގޭގޭގެ މީހުނަށް ގޯތި ނުވަތަ ކޮންޑޮމީނިއަމް ޔުނިޓެއް ފޯރުކޮށްދިނުން ވެސް ސިޔާސަތެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

އެމްޑީޕީ ބައިބައިވެ، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސް އިން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކެންޑިޑޭޓެއްހެ ގޮތުގައި އިލިޔާސް ލަބީބް ނެރެގެން ވާދަކުރުމަށް އަންނަނީ ކެމްޕެއިން ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.