ހަބަރު
28 Aug 2023 | 16:19
ރާއްޖޭގައި ކުރަމުން އަންނަ ވަގު ވިޔަފާރިތައް ހުއްޓުވާނަން: އިލިޔާސް

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެކި ނަންނަމުގައި ރާއްޖޭގައި ހިންގަމުން އަންނަ ވަގު ވިޔަފާރީތައް ހުއްޓުވާަނެ ކަމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިލިޔާސް ވިދާޅުވީ، ރާއްޖޭގައި ވިޔަފާރި ކުރަން ތިބޭ ފަރާތްތަކުގެ ތެރެއިން ޚާއްސަކޮށް ކުދި އަދި މެދު ވިޔަފާރިތައް ކުރަން ތިބޭ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ގޮންޖެހުންތައް އެބަ ހުރި ކަމަށާއި، އެ މީހުން ކުރާ ވިޔަފާރިތައް ކުރާ ބޭރު މީހުންވެސް ތިބިކަމަށެވެ.

އެގޮތުން އެކި ނަންނަމުގައި އެކި ތަންތަނުގައި ބޮޑެތި އަދި ކުދި ވިޔަފާރިތައްް ބިދޭސީން ކުރަމުން އަންނައިރު، އެކި އެކި ކުންފުނިތަކުގެ ނަމުގައި ބީލަންތަކާއި އެފަދަ މަސައްކަތްތަކައް ބިދޭސީން އަތް ގަދަކުރަމުން އަންނަ ކަމުގައެވެ. 

ނާޖާއިޒު ގޮތްގޮތުންނާއި ދިވެހީންނަށް ރިޝްވަތު ދީގެން އެ ބިދޭސީން ކުރާ ވިޔަފާރިތައް ދިވެހީންނަށްވެސް އެނގޭ ކަމަށް ފާހަގަކުރައްވަމުން އިލިޔާސް ވިދާޅުވީ، އެފަދަ ވިޔަފާރިތަކުގެ ސަބަބުން ގެއްލުން ލިބެނީ ވެސް ހަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށެވެ. 

އެ މީހުން ރަސްމީކޮށް ރާއްޖޭގައި ވިޔަފާރިއެއްކޮށް އިގުތިސާދެއް ބިނާކުރުމަށް އެ މީހުން އެކުރާ މަސައްކަތް ފުނޑި އަދި ހަލާކުވެ ނިމިގެން އެދަނީ. އަޅުގަނޑު މި އަންނަނީ އެހެން ވަގު ވިޔަފާރި ކުރާ ހުރިހާ އެންމެންގެ ވަގު ވިޔަފާރިތައް ހުއްޓުވަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ހުއްޓުވާނަން

އިލިޔާސް ލަބީބު 

މީގެ އިތުރުން އިލިޔާސްގެ ވާހަކަފުޅުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޭނުންވަނީ ފައިސާއާއި ވަސީލަތްތައް ކަމަށާއި އަދި އެ މީހުންނަށް ހުރި ހުރަސްތައް ވެސް ނައްތާލަން ޖެހޭ ކަމަށާއި ޕްރޮޕޯސަލެއް ހުށަހެޅުމުން 15 ދުވަސް ތެރޭގައި ބޭނުންވާ  ފައިސާއާއި ވަސީލަތްތައް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެ، އިތުރު އިކުއިޓީއެއް ރަހުނުކުރާކަށް އެއްޗެއް ނުނަގައި، ވިޔަފާރި ކޮޅަށް ޖަހަން ލޯނު ހަމަޖައްސަދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.