އިސްދޫކަލައިދޫ އިން ރައީސް އަށް މަރުޙަބާ ކިޔަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
28 Aug 2023 | 16:41
އޮތީ ރައްޔިތުންނަށް ޚިދްމަތްކުރުމުގެ ޝައުޤު، އެހެންނޫންނަމަ ވެރިކަމަށް ކުރިމަތިނުލާނަން: ރައީސް

އެމްޑީޕީ ކޯލިޝަންގެ އޮތީ ރައްޔިތުންނަށް ޚިދްމަތްކުރުމުގެ ޝައުޤުވެރިކަން ކަމަށާއި އެހެންނޫންނަމަ  ވެރިކަމަށް ކުރިމަތިނުލެއްވީސް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު އިސްދޫކަލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑުމެން މިވާ ވަޢުދުތައް މިވަނީ ކޮންމެހެން އިންތިޚާބަކާއި ކުރިމަތިލައިގެން ތިބީމައެއްނޫން، އަޅުގަނޑު މިވާ ވަޢުދުތަކަކީ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ޖެހޭ ޚިދްމަތްތަކެއް ކޮށްދިނުމަކީ އެސަރުކާރަކަށް މަޖުބޫރު ކަމަކަށްވާތީ، އެކަމަކު މިކަންތައްތައް ކުރެވޭނީ މިކަން ކުރަން ދަންނަބަޔަކަށް، އަދި ކޮށްފަތިބި ބަޔަކަށް، އެއިތުބާރު، އަޅުގަނޑުހިތުން ތިބޭފުޅުންނަށް މިސަރުކާރާއި މެދުގައި އޮންނާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަނެއްކާވެސް ވެރިކަމަށް ކުރިމަތިލައިގެން މިތިބީ އަމާޒުތަކެއް އޮވެގެން ކަމަށާއި، ވަޢުދުތަކެއް ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ މިހާރު މިއޮތް ލެވަލުން އަނެއްކާވެސް އިތުރު އެހެން ލެވަލް އަކަށް އަނެއްކާވެސް ރާއްޖޭގެ ތަރައްޤީ ގެންދިޔުން ކަމަށެވެ. ތަފާތު ކުރުމެއް ނެތި  ހުރިހާ ރަށަކަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމަކީ އަމާޒުކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެހެން އެއްވެސް ބޭނުމެއް ނެތް، އަޅުގަނޑުގެވެސް ނެތް، އެމްޑީއޭގެވެސް ނެތް، ޢަދާލަތު ޕާޓީގެ ވެސް ނެތް، އޮތީ ހަމައެކަނި ރައްޔިތުންނަށް ޚިދްމަތް ކުރުން، އެހެންނޫންނަމަ އަޅުގަނޑުމެން ވެރިކަމަށް އަންނާކަށް ނުވެސް ވިސްނިސް" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރެކޭ އެއްގޮތައް ރައްޔިތުނަށް ޚިދްމަތްކުރުމުގަޔާއި ވަޢުދުތައް ފުއްދުމުގައި ދެވަނަ ދައުރެއްގައިވެސް ދެމިތިއްބަވާނެ ކަމަށެވެ.

އިސްދޫކަލައިދޫއިން ވަނީ ރައީސް ޞާލިޙަށާއި އެމަނިކުފާނުގެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.