މަޑުއްވަރީގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Aug 2023 | 15:28
މަޑުއްވަރީ ރައްޔިތުންނަށް މުއިއްޒު ދެއްވީ ބަނދަރާއި ގޮދޮރުގެ ޔަގީންކަން!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި މަޑުއްވަރީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މިހާރު ރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ރ އަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭނު ދަތުރުފުުގައި މަޑުއްވަރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެ ރަށުގައި ބޭއްވި ޖަލްސާގައި ރަށު ކައުންސިލްގެ ފަރާތުން ވަނީ މަޑުއްވަރިއަށް ދިމާވެފައިވާ ބައެއް މައްސަލަތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ މަޑުއްވަރިއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. ބިމުގެ ދަތިކަން ހުރުމުން ޒުވާނުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޖޮންޖެހުންތައް ހުރި ކަމަށާއި، އެއީ ޚާއްސަ ސަމާލުކަމެއް ދީގެން ޙައްލުކުރަން ޖެހޭ މައްސަލައެއްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން މަޑުއްވަރީ ބަނދަރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށާއި، އެކަމުގެ ސަބަބުން ލަފާ ފުރުމަށް ދަތިތައް ކުރިމަތިވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ. އެއާއެކު ކައުންސިލުން ވަނީ އެއީ ޚާއްސަ އަހަންމިއްޔަތެއް ދީގެން ޑރ މުއިއްޒުގެ ވެރިކަމުގައް ހައްލުކޮށްދެއްވާނެ ކަންކަމަށް ހައްދަވާދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ރައީސް ވާހަކަދައްކަވަނީ

ކައުންސިލްގެ ވާހަކަތަކަށް ރިއާޔަތްކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި މަޑުއްވަރީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރުތީބުކޮށްގެން އެ ރަށަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެެއްވާނެ ކަމަށެވެ. 

ސަރުކާރުގެ ހައުސިން ޕޮލިސީގެ ދަށުން މަޑުއްވަރީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށާއި، ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން މަޑުއްވަރީ ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

މަޑުއްވަރީގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ކޮށްދެއްވަންވީ ކަމަކީ މި ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. މަޑުއްވަރީން ވެސް ރަނގަޅު މެޖޯރިޓީއެއް ހޯއްދަވާދެއްވުމަށް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް ޑރ މުއިއްޒު އެދިވަޑައިގެންނެވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ނުފުދިގެން އުޅެން ނުޖެހޭނެ ކަމަށެވެ. އެ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށް ވެސް ހަަމަހަމަކަމާއެކު ތަރައްގީގެ މަންފާ ހޯއްދަވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.