ޑރ މުހައްމަދު މުއިއްޒު
ހަބަރު
29 Aug 2023 | 17:38
އަޅުގަނޑުގެ ސަރުކާރު ވާނީ ރައްޔިތުންގެ އަޑު އަހާ ސަރުކާރަކަށް: ޑރ މުއިއްޒު

ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރެއް ވަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމުގައިކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި، ރިޔާސީ އިންތިހާބަށް 10 ވަރަކަށް ދުވަހަށް ވެފައިވުމުން މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ސަޕޯޓަރުން ވަރަށް ޖޯޝާ ފޯރީގައި، މިހާރަށްވުރެ ބުރަ މަސައްކަތް ކޮށްދެއްވުމަށެވެ. 

އަޅުގަނޑުމެންނަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއެކު މަސައްކަތްކުރާނެ ސަރުކާރަކަށް ވާނެ. ކުރަންވީ ކަމަކީ އިންތިހާބު ކާމިޔާބުކުރުން، ބާކީ އޮތީ 10 ދުވަސް އަދި އެ 10 ދުވަހު ވަރަށް ގިނަ މަސައްކަތް ކުރެވޭނެ

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ފަރާތުން އެދޭ ތަރައްގީގެ ހުރިހާ ކަމަކަށް އިޖާބަދޭނެ ސަރުކާރެއް ކަމުގައި ކަމަށެވެ. މިއާއި ވިދިގެން މުއިއްޒުވަނީ މަޑުއްވަރީއަށް ކޮށްދެއްވާނެ ކަންތައްތަކެއްގެ ވައުދުތަކެއް ވެވަޑައިގެންފައެވެ. 

އެރަށަށް ބިމުގެ ދަތިކަން ދިމާވެފައިވާކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ މަޑުއްވަރީގެ ފަޅު ކުޑަ ނަމަވެސް އީއައިއޭ ހަދައި ހިއްކަން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށެވެ. އަދި ހިއްކާ ބައި ލޭންޑް ޔޫސް ޕްލޭންގައި ހިމަނައި ގެދޮރުވެރިކަމަށް ހާއްސަކުރާނެ ކަމަށެވެ.އަދި މަޑުއްވަރީގައި މިހާރު އޮތް ބަނދަރު ވަރަށް ބޮޑަށް ވީރާނާވެފައިވާތީ އާ ބަނދަރެއް ހެދުމުގެ މަޝްރޫއާއެކު ރަށުގައި ހޮސްޕިޓަލް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު ރ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޑރ މުއިއްޒުއާއި ކެމްޕެއިން ޓީމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.