އީވާ އަބްދުالله. -- ފޮޓޯ: އަވަސް
ހަބަރު
29 Aug 2023 | 22:58
ރައީސް ޞާލިހަށް ބަހުސަށް އަރަން ނުކެރިގެން ކެންސަލް ކުރަން ބުނީއޭ ކިޔާފަ، އެކަމެއް ނުކުރެވޭނެ: އީވާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް، ރިޔާސީ ބަހުސަށް އަރަން ކެރިވަޑައިނުގެންނެވުމަކީ އެ ބަހުސް ކެންސަލް ކުރަންވީ ސަބަބެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވެފައި ވަނީ، އަންނަ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށް ބޭއްވުމަށް ނިންމާފައިވާކަން އިއުލާން ކުރެވުނު ޕީއެސްއެމް ގެ ރިޔާސީ ބަހުސް ކެންސަލް ކުރިކަން އެ މީޑިއާ އިން އިއުލާން ކުރުމާ ގުޅިގެންނެވެ. 

އެކަމާއި ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ތަފާތު ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ އެ ދުވަހުގައި ބާއްވަން ތައްޔާރުވަމުންދިޔަ ޕީއެސްއެމްގެ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތުމުންނާއި، އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވުމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމެއް ކަމަށް ދެކޭ ކަމަށެވެ. 

އެހެންކަމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެންނާތީ، އެ މީޑިއާއިން ގަސްތުކުރަނީ މިހާރު ވެސް ބަހުސެއް ރާވާފައިވާ ފަރާތަކާއި ގުޅިގެން ބަހުސް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

މިކަމަށް ފާޑުވިދާޅުވެ އީވާ ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ޕީއެސްއެމް އަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ޓީވީ ޗެނަލަކަށް ވާއިރު، އެ ބަހުސް ބޭއްވުމަކީ ގާނޫނީ ގޮތުންވެސް އެ މީޑިއާ އަށް ލާޒިމް ކަމެއް ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ބަހުސަށް އަރަން ނުކެރިގެން ބަހުސް ކެންސަލް ކުރަން އެދިލެއްވީއޭ ކިޔާފައި ޕީއެސްއެމް އަށް އެކަމެއް ނުކުރެވޭނެ. އެންމެ ކެންޑިޑޭޓެއް ބަހުސަށް އަރަން ތައްޔާރަށް ހުއްޓަސް އެ ބަހުސް ބޭއްވުމަކީ ޕީއެސްއެމްގެ ޒިންމާއެއް." އިވާ ވިދާޅުވި އެވެ. 

ޕީއެސްއެމް އިން ބަހުސް ކެންސަލް ކުރަން ނިންމާފައިވަނީ،  އެ ރޭ އެމްޑީޕީގެ “އުފާވެރި މާލެ“ ގެ ނަމުގައި އިވެންޓެއް ބާއްވާތީ، އެ ޕާޓީން ބަހުސް ފަސް ކޮށްދިނުމަށް އެދިފައިވާ ދަނޑިވަޅެއްގައެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޕީއެސްއެމަށް އަމާޒުވަމުން އަންނަ އިރު، މީގެ ކުރިންވެސް އިންތިހާބުގެ ކެންޕެއިން ކަންކަން ކުރިއަށް ގެންދަމުން ދިޔަ އިރުވެސް މި ބަހުސް ކެންސަލް ކޮށްފައެއް ނުވެއެވެ. އެގޮތުން، 2018 ވަނަ އަހަރު އެންމެ ކެންޑިޑޭޓަކާއި އެކުވެސް އެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.