ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ޓުވިޓާ
ހަބަރު
30 Aug 2023 | 10:54
ސިނަމާލެ ބްރިޖަށް 5 އަހަރު: "މިއީ ހަމައެކަނި ދެ ރަށެއް ގުޅާލާ ބުރިޖެއް ނޫން, މިއީ އުއްމީދެއް"

ސިނަމާލެ ބްރިޖަކީ ހަމައެކަނި ދެ ރަށެއް ގުޅާލާ ބުރިޖެއް ނޫން ކަމަށް، އެ ބްރިޖު އެޅުނު އިރު ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ސިނަމާލެ ބުރިޖު އެޅިތާ 5 އަހަރު ފުރުމާއި ގުޅިގެން، މިއަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން، 30 އޮގަސްޓު 2018 ވަނަ އަހަރު ހުޅުވުނު ޗައިނާ-ދިވެހިރާއްޖެ ފްރެންޝިޕް ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދިގުދެމިގެންވާ ގުޅުމުގެ ރަމްޒެއް ކަމަށެވެ. 

އަދި، އެއީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އާއި، ޗައިނާގެ ރައީސް ޒީ ޖިންޕިންގގެ ކާމިޔާބީ އާއި ތަސައްވުރުގެ ނިޝާނެއް ކަމަށްވެސް މުޢިއްޒު ވިދާޅުވިއެެވެ. 

"(ޗައިނާ-މޯލްޑިވްސް ޕްރެންޝިޕް ބްރިޖް) އަކީ ހަމައެކަނި ދެ ރަށެއް ގުޅުވާލާ ބުރިޖެއް ނޫން. އެހެނެއްް ކަމަކު އެއީ އުއްްމީދުގެ ބްރިޖެއް. އަދި އެއީ މި ގައުމުގެ ކުރިއެރުން" މުޢިއްޒު 

2018 ވަނައަހަރުގެ އޮގަސްޓުމަހު 30 ވަނަ ދުވަހުގެރޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހަވާ އަރުވައި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތްތަކާއި އެކުއެވެ. މި ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރަށްޤީގެ އެންމެ ބިޔަ އެއް މަޝްރޫއެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެެރިކަމުގައި 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބުރިޖެކެވެ. އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކި ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި ބުރިޖުގެ މަސައްކަތް ބެލެހެއްޓެވީ ޑރ.މުއިއްޒުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.