ރައީސް ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ-- ފޮޓޯ/ ދެން
ހަބަރު
30 Aug 2023 | 14:33
ރައީސް ޞާލިހަށް މަރުހަބާ ކިޔަން ރަށް ރަށުން މީހުން ޖަމާކުރާކަށް ނުޖެހޭ: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ރިޔާސީ ކެންޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެހެން ރަށް ރަށުން މީހުން ގެނެސް، އެ ވަޑައިގަންނަވާ ރަށަށް ޖަމާކުރަން ނުޖެހޭ ކަމަށް އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް ޞާލިހު ގެ ކެންޕެއިން ތަރުޖަމާނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ފާއިތުވި ހަފްތާގައި އެމަނިކުފާނު އުޅުއްވީ ކެންޕެއިން ކުރެއްވުމަށް ތ އަޮޅާއި އަދި ލ އަތޮޅުގެ ރަށްތަކަށް ދަތުރު ކުރެއްވުމުގައި ކަމަށެވެ. 

އަޅުގަނޑުމެންނަށް އެތަނުން އެ ފެނިގެން ދިޔަ މަންޒަރުތަކަކީ ފިއްކަނޑައިގެންދާ ވަރުގެ މަންޒަރުތަކެއް. އެހާމެ ތާއީދު ބޮޑުކޮށް ފެނިގެން ދިޔައީ. އަޅުގަނޑުމެންގެ ހިސާބުތަކަށް ބަލާއިރު، ހިސާބުތައް ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ރައީސް ޞާލިހު، ކެންޑިޑޭޓް ނަންބަރު ތިނެއް، އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރައްވާތަން ފެނިގެން ދޭ. 

މާރިޔާ އަހުމަދު ދީދީ 

މާރިޔާ ވިދާޅުވީ، ކެންޕެއިނަށް އަތޮޅު ތަކުގެ ހުރިހާ ރަށަކަށް ހެން ރައީސް ޞާލިހު ޒިޔާރަތްކުރެއްވަމުންދާ ކަމަށެވެ. އެހެންކަމުން މަރުހަބާ ދަންނަވާ މީހުން ގިނަ ކުރަން ރަށް ރަށުން މީހުން ގެންނަން ނުޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަތޮޅު ތަކުގެ ހުރިހާ ރަށަކަށް ހެން ރައީސް ޞާލިހު ވަޑައިގަންނަވާ. އެހެންވީމާ ރަށްރަށުން މީހުން ގެންނަވާކަށް ނުޖެހޭ. ޖަމާކުރާކަށް ނުޖެހޭ އެއްތަނަކަށް، ރައީސް ޞާލިހު ވަޑައިގަންނަވާއިރު. 

މާރިޔާ އަހުމަދު ދީދީ 

މިއާއެކު މާރިޔާ ވިދާޅުވީ، އިދިކޮޅުު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާއިރު މީހުން ގިނަ ވަނީ އެހެން ރަށްރަށުން މީހުން ގެންދާތީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.