ޖޭޕީގެ ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ނަހުލާ ވާހަކަ ދައްކަވަނީ--
ހަބަރު
31 Aug 2023 | 13:08
ގާސިމްގެ ދިފާއުގައި ނަހުލާ: ކޮށްދިން ކަންކަން ކިޔައިދިނުމަކީ ކަލަނގޮވުމެއްނޫން؛ ހަނދާންކޮށްދިނުން!

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދިވެހިންނަށް ޓަކަޔާއި، ދިވެހިރާއްޖެ އަށްޓަކައި ކޮށްދެއްވާފައިވާ ކަންކަމުގެ ވާހަކަ އެމަނިކުފާނު ދައްކަވަނީ ކަލަ ގޮވަން ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ ހަނދުމަކޮށްދެއްވުން ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޓްރާންސްޕޯރޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީގެ ހެންވޭރު ޖަލްސާ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ، ޤާސިމް އިބްރާހީމް އެމަނިކުފާނު ކޮށްދެއްވި ކަންކަމުގެ ވާހަކަދައްކަވަނީ ކަލަގުވުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އައި ނަމަވެސް އެއީ ކަލަ ގޮވާން ދައްކަވާ ވާހަކައެއް ނޫން ކަމަށެވެ.

އަދި އެކި ކެންޕެއިން ޖަލްސާތަކުގައި އެމަނިކުފާނު އެފަދަ ވާހަކަތައް ދައްކަވަނީ ރައްޔިތުންނަށް ކަންކަން ހަނދުމަ ކޮށްދެއްވާން ކަމަށާ، ހަނދާންކޮށްދިނުމަކީ މުއުމިނުންގެ ސިފައެއް ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ އަހަރެމެންލާ ވޯޓަކީ އެއާއި މެދު ސުވާލު ކުރެވޭނެ އެއްޗެއް ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ހާލަތެއްގައި ވޯޓަކުން އެކަން ބަދަލުކުރުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވެސް ނަހުލާ ވިދާޅުވިއެެވެ. 

ރިޔާސީ ކެންޕެއިނަށް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގައި، ރަށްރަށުގެ ވަކިވަކި ފަރުދުންގެ އިތުރުން މުޅި ރަށުގެވެސް ތަޢުލީމާއި، ސިއްްހަތާއި އަދި އެނޫންވެސް ދާއިރާތަކުގެ ކުރިއެރުމަށް ގާސިމް ކޮށްދެއްވި ޚިދުމަތްތަކުގެ ވާހަކަ އެމަނިކުފާނާއި އެ ޓީމުން އަންނަނީ ފާހަގަކުރައްވަމުންނެވެ. އެއީ ކަލަ ގޮވުން ކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން އަންނައިރު ގާސިމް ވެސް ވަނީ އެކަމަށް ރައްދު ދެއްވައި އެއީ ހަނދުމަކޮށްދެއްވުން ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.