ނަހުލާ އާއި ގާސިމް
ހަބަރު
01 Sep 2023 | 16:19
ނަހުލާގެ ތަޢުރީފް ގާސިމަށް: ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށްް!

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަކީ ޖަވާހިރެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ޖޭޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ގާސިމް އަށް ތައުރީފް ކުރައްވައި ނަހުލާ ވިދާޅުވީ ގާސިމަކީ ވިޝަނަރީ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އީޖާދީ ކަންކަމަށް ލޯބިކުރައްވާ، ބޭފުޅެއް ކަމަށާ، އެމަނިކުފާނު ކަންކަން ކުރައްވާނީ ވެސް، ދުނިޔޭގައިވެސް ތިބި އެކަމަކަށް އެންމެ މޮޅު މީހުން ގެނެސްގެން ކަމަށް ނަހުލާ ވިދާޅުވި އެވެ. 

މިއާއެކު ނަހުލާ ވިދާޅުވީ، މީސް މީޑިއާގައި ގާސިމްގެ ނަން ހުތުރު ކުރައްވަން، އެމަނިކުފާނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް ގާސިމަކީ ޖަވާހިރެއް ކަމަށެވެ. 

ސޯޝަލް މީޑިއާގައި، ގާސިމް އިބްރާހިމް ގެ ނަން ހުތުރު ކުރަން، ސޭޓު ފަޅެއް ދަމައިގެންފި. މަހުޖަނު ރަށެއް ކާލައިފި. ކޮންމެ ސަރުކާރަކުން ބޮޑު ޕޯޝަން ނަގައިގެން ބުރުމާ ގާސިމު އިންނާނީ ގޭގައި. އަޅުގަނޑުމެންގެ މި ތިބަ ލޮބުވެތި ޒުވާނުންނަށް، އަދި މިރާއްޖޭގެ ގިނަ ޒުވާނުންނަށް، ގާސިމް އިބްރާހިމް އެނގޭ ގޮތަކީ މިއީ. 

އައިޝަތު ނަހުލާ

މިއާއެކު ނަހުލާ ވިދާޅުވީ، ގާސިމް އަކީ އެފަދަ ބޭފުޅެއް ގޮތަށް ޒުވާނުންނަށް ސިފަ ވެފައިވަނީ، ސިޔާސީ ލީޑަރުންގެ ނަމުގައި ރާއްޖޭގައި ތިބި ބޭފުޅުން، އެމަނިކުފާނުގެ ނަން ހުތުރު ކުރަން ކުރަމުންދާ މަސައްކަތް ތަކުގެ ސަބަބުން ކަމަށެވެ. 

އެބޭފުޅާގެ (ގާސިމްގެ) ވާހަކަ ދައްކަމުން އަގުވައްޓަމުން ކޮން ކަމެއްތޯ ނުކުރައްވަނީ. އެކަމަކު އަޅުގަނޑު ދަންނަވަން އޮތީ، ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށޭ. 

ޢައިޝަތު ނަހުލާ

ނަހުލާ ވިދާޅުވީ، ގާސިމަށް ލިބުނު އާމްދަނީގެ 65 ޕަސެންޓް ހޭދަކުރީ މި ގައުމުގެ ނިކަމެތި ރައްޔިތުންނަށްޓަކާ ކަމަށާއި އެތަށް ބަޔަކަށް ގާސިމް އެހީތެރިވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އެކަން ކުރަނީ ރައްޔިތުންނަށް އިންސާފު ހޯދައިދީ އަދި ދަރަނި ނައްތާލައި ރާއްޖެ އަށް ކުރިއެރުން ހޯދައިދިނުމަށްޓަކާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.