އަބްދުއްރަހީމް ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
02 Sep 2023 | 11:04
އިންތިޚާބު ދެވަނަ ބުރަކަށް ގެންގޮސް ފައިސާ އިސްރާފުކުރަން ނަހައްދަވާ: އަބްދުއްރަހީމް

މިއަހަރުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ނު ގެންގޮސް އެއްބުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު އިންތިޚާބު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޑރ މުއިއްޒު ހައްދުންމައްޗަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ފޮނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ މީ ދެވަނަ ބުރަކަށް ގެންގޮސް ރައްޔިތުންގެ ތަރައްގީގެ ކަންކަމަށް ހުރި ފައިސާ އިސްރާފުކުރަން ޖެހޭ ވަރުގެ އިންތިޚާބެއް ނޫން ކަމަށެވެ. އަދި ރައްޔިތުން މި އިންތިޚާބު ދެވަނަ ބުރަކަށް ގެންގޮސް ފައިސާ އިސްރާފުކުރަން ބޭނުންނުވާނެ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ

"ރިޔާސީ އިންތިޚާބު ޑރ މުއިއްޒު ކާމިޔާބު ކުރައްވާނީ އެއްބުރުން. ދެވަނަ ބުރަކަށް ދާކަށް ދިވެހި ރައްޔިތުން ތައްޔާރެއް ނޫން. ރައްޔިތުން ބޭނުންވަނީ އެއްބުރުން މި އިންތިޚާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދޭން. ދެވަނަ ބުރަކަށް ގޮސްގެން ރައްޔިތުން ފައިސާ އިތުރު 40 މިލިއަން ރުފިޔާ ޚަރަދުކުރުމަކީ އެއީ ބޭކާރު ކަމެއްކަމަށް ރައްޔިތުން ގަބޫލުކުރަނީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ މި އިންތިޚާބުގައި ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ބަލާއިރު ނަތީޖާ ނެރެދޭނެ، އަދި އެކަމުގެ ޓްރެކް ރިކޯޑު އޮތް ހަަމައެކަނި ބޭފުޅަކީ ޑރ މުއިއްޒު ކަމަށެވެ. އިލްމާ، ތަޖުރިބާއާއި، ހުނަރުވެރިކަމާއި، އެކުގައި މަސައްކަތް ކުރަން އޮތް ޓީމަށް ބައްލަވާލި ނަމަވެސް ޑރ މުއިއްޒާއި ވާދަކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެހެން ކަމުން މި އިންތިޚާބުގައި ގޮތް ނިންމަން ރައްޔިތުން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އިތުރު ބުރުތަކަށް ނުގެންގޮސް މި އިންތިޚާބު 9 ސެޕްޓެމްބަރުގައި ލާ ވޯޓުން ނިންމާ ދިވެހީންގެ ރާއްޖެ ހޯދުމުގެ މަސައްކަތް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ހަވާލުކޮށްދެއްވުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.