ޑރ ޝަހީމު ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
02 Sep 2023 | 12:40
ވޯޓު ގަންނަން ދޭ ފައިސާގައި ހިފާ ޤައުމުގެ މުސްގަތުބަލު ވިއްކާލާ ބަޔަކަށް ނުވާތި: ޑރ ޝަހީމު

ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ގަންނަން ދޭ ފައިސާގައި ހިފާ މި ޤައުމުގެ މުސްތަގުބަލު ވިއްކާލާ ބަޔަކަށް ނުވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ. 

ލ ފޮނަދޫގައި އޮތް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ޝަހީމު ވިދާޅުވީ މި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓު ގަތުމަށް އެކި ސިޔާސީ ފަރާތްތަކުން ލާރި ބަހަމުންދާނެ ކަމަށެވެ. 

އެހެން ނަމަވެސް އެ ލާރީގައި ހިފާ މި ޤައުމުގެ މުސްތަގުބަލު ނަގާލާ ބަޔަކަށް ދިވެހިރައްޔިތުން ވެގެން ނުވާނެކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. އަދި ރައްޔިތުން އެފަދައިން ކަންތައް ނުކުރައްވާނެ ކަމާއި މެދު އިތުބާރު ކުރައްވާކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. 

ޑރ ޝަހީމު ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ

"ފައިސާ ދޭނެ.. ވޯޓު ގަންނަން ފައިސާ ދޭނެ، ވަގުތީ އުފަލަކަށްޓަކައި މި ގައުމުގެ ދާއިމީ ހަމަޖެހުމާއި ދާއިމީ މުސްތަގުބަލު މި ގައުމުގެ މިނިވަންކަން ތިޔަ ބޭފުޅުން ގެއްލުވާ ނުލައްވާށޭ. އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު އެބައޮތޭ ދިވެހި އަޚުންނާއި އުޚުތުންނަށް"

ޕީޕީއެމްގެ އެޑްވައިޒަރު ޑރ ޝަހީމު

ޑރ ޝަހީމު ވިދާޅުވީ 21 ވަނަ ގަރުނުގައި، މި ގައުމުގެ ވެރިކަމަށް ގެންނަން ޖެހޭނީ ޒަމާނީ ތައުލީމު ލިބިވަޑައިގެން ހުންނެވި އިލްމީ ބޭފުޅެއް ކަމަށެވެ. އެ ގޮތުން ބަލާއިރު ޑރ މުއިއްޒަކީ މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ އިލްމީ ކެންޑިޑޭޓުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑރ ޝަހީމު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ގޮތަށް ސަރުކާރުން އެކި ކަންކަން ކުރަމުންދިޔައިރު، ސަރުކާރަށް ވާގިވެރިވަމުން ދިޔަ ޕާޓީތައް ވެސް މިއަދު ނިކުމެ މިނިވަންކަމުގެ ވާހަކަތައް ދައްކަވަމުންދާއިރު، އެމީހުންގެ އިޚްލާސްތެރިކަން މިނެ ކިރާލަން ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ ކަމަށެވެ. 

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް، ގައުމީ ވެރިކަމެއް ކޮށްދެވޭނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. އަދި ރައްޔިތުން އެކަން ޔަގީންކުރުމަށް ވެސް ޑރ ޝަހީމު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.