މޯލްޑިވްސް މީޑިއާ ކައުންސިލް ބައްދަލުވުމެއް ތެރެއިން / ފޮޓޯ: އެމްއެމްސީ
ހަބަރު
03 Sep 2023 | 15:08
މީޑިއާ ތަކުން ކެންޑިޑޭޓުންނަށް އެންޓި ކެންޕެއިން ނުކުރުމަށް އެމްއެމްސީން ގޮވާލައިފި!

ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެންޓި-ކެންޕެއިން ނުކުރުމަށް މޯލްޑިވްސް މީ ވަރަށް އެ ޑިޔާ ކައުންސިލް (އެމްއެމްސީ) އިން ހުރިހާ މީޑިއާތަކަށް ގޮވާލައިފި އެވެ. 

އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނާއި ގުޅިގެން، ހަގީގަތާއި ޚިލާފު ވާހަކަތައް ބައެއް މީޑިއާ ތަކުން ފަތުރަމުންދާތީ، އެކަމާއި ގުޅިގެން އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ،  09 ސެޕްޓެމްބަރު 2023 ގައި ބާއްވާ "ރިޔާސީ އިންތިޚާބު 2023" ގެ ވަގުތު ކުޑަތަންވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނައިބުންނާއި ގުޅުވައި ސައްޙަ ނޫން ޚަބަރާއި މައުލޫމާތު މީޑިއާތަކުން ފަތުރާކަމުގެ ޝަކުވާ، އެ ކައުންސިލަށް ލިބެމުންދާކަމަށެވެ.

އެހެންކަމުން، "ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޚަބަރުތައް ގެނެސްދިނުމަށާއި، ރިޔާސީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނައިބުންނާއި ގުޅުވައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. 

"މީޑިއާގައި ޝާއިޢުކުރާ މަޢުލޫމާތަކީ އިންޞާފުވެރިކަމާއި ތެދުވެރިކަމާއެކު ޝާއިޢުކޮށް ފޯރުކޮށްދެވޭ މަޢުލޫމާތެއްކަން ޤަބޫލުކުރުމުގެ ޙައްޤު އާންމުނަށް ލިބިގެންވީހިނދު، އެފަދަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދެނީ ފަރުދުންނަށް ލިބިގެންވާ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް ޙުރުމަތްތެރިކޮށް ހިތޭ ގޮތެއްގައި އެފަރާތަކަށް ދޭންވާ ޙައްޤު ޤަދަރާއި އިޙްތިރާމް ދެވިގެންކަމުގައި ވާންޖެހެއެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތަރަހައިގެ ތެރޭގައިވެސް މި އުސޫލުތަކަށް ނޫސްވެރިންނާއި މީޑިއާތަކުން އިހުތިރާމްކޮށް، "އެންޓި-ކެމްޕެއިން" ކުރުމުން މުޅިން އެއްކިބާވާންޖެހެއެވެ." އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

މިއާއެކު، ރިޔާސީ އިންތިޚާބު 2023 ގެ ތެރޭގައިވެސް، މީޑިއާތަކުން ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑާ ޚިލާފަށް، ޚަބަރާއި މައުލޫމާތު ފަތުރާނަމަ، މީޑިއާ ކައުންސިލުގެ އިޚްތިސާސްތެރޭގައި ހިމެނޭ މައްސަލަތައް ބަލާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެ ކައުންސިލުގެ އިޚްތިސާސްތެރޭގައި ނުހިމެނޭ ބާވަތުގެ މައްސަލަތައް، އެކަމަކާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.