ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ:އެމްޑީޕީ
ހަބަރު
03 Sep 2023 | 17:53
10 އަހަރު ނުލިބި، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ނުގެނެވޭނެ: ރައީސް ޞާލިޙް

10 އަހަރު ނުލިބި، އެމްޑީޕީ ކޯލިޝަނުން ރާއްޖެއަށް ގެންނަން ބޭނުން ތަރައްޤީއެއް ނުގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހދ.އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހިރިމަރަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތަކާއި ވާދަވެރިންގެ ސިޔާސަތިތަކާއި ވަރަށްބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. މާޒީގައި އެބޭފުޅުން ކަންކުރެއްވިގޮތާއި މިފަސްއަހަރު އެމަނިކުފާނުގެ ސަރުކާރުން ކަންކުރިގޮތުގެ ތަފާތު ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ  އެބޭފުޅުންގެ ރާޑަރަށް ކުދި ރަށްތައް ނާރާ ކަމަށާއި ކަންކަން ކޮށްދެއްވީ ބޮޑެތި ރަށްތަކަށް ކަމަށެވެ. އަދި އެސިޔާސަތު ބަދަލު ކުރައްވަނީ ހައެކަނި އިންތިޚާބު ތަކާއި ދިމާކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

 "އަޅުގަނޑުމެންގެ ވިސްނުން ވަރަށް ތަފާތު، އަޅުގަނޑުމެންގެ ވިސްނުމަކީ މުޅި ރާއްޖެ ތަރައްޤީކުރުން، ރާއްޖެ ތަރައްޤީ ކުރެވޭނީ އެއްއަހަރަކުން ފަސް އަހަރަކުންނޫން، ދިގުރާސްތާގެ ޕްލޭނެއް އޮވެގެން އެކަން ކުރެވޭނެ، އެއީ ކުރަންހުރި ކަންކަން ގިނަވީމަ، އަޅުގަނޑުމެންގެ ޕްލޭންއަކީ 10 އަހަރުމަދުވެގެން ނެތިއެއް ރާއްޖެއަކަށް އަޅުގަނޑުމެން މިއެދޭ ބަދަލުތަކެއް އަޅުގަނޑުމެން މިއެދޭ ޕްރޮޖެކްޓް ތަކެއް ހިންގާ ނިންމައެއް ނުލެވޭނެ" 

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 

ރައީސް ޞާލިޙް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ އެސަބަބަށްޓަކައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުން ތިއެދޭގޮތައް 9 ސެޕްޓެމްބަރުގައި އެކަން ނިމިގެން ދިޔައީމަ ރައްޔިތުން ތިއެދޭ ހެޔޮ ބަދަލު އުފާވެރި އަމާން ރާއްޖެ ތިބޭފުޅުންނަށް ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ކަށަވަރުވެގެންދާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިންތިޚާބަށް 6 ދުވަހަށް ވެފައިވާއިރު ކެންޑިޑޭޓުންގެ ކެމްޕޭނުގެ ހަރަކާތްތައް ވަނީ ކުރިއަށްވުރެ އަވަސްވެ ވާދަވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.