ޑީނޭޖަރ ޕްރޮގްރާމް ގެ ތެރެއިން-- ފޮޓޯ/ ޕީސް ފައުންޑޭޝަން
ހަބަރު
05 Sep 2023 | 10:38
އެޑިކްޝަންސް ތަކުން ދުރުވާނެ "ޕްރެކްޓިކަލް ޓިޕްސް" ހިމެނޭ ޕްރޮގްރާމެއް!

އެޑިކްޝަންސް ނުވަތަ އެކި ކަންކަމަށް ދެވި ހިފުމުން، ދުރުހެލިކުރުވުމަށް އެހީވުމަށް ޕީސް ފައުންޑޭޝަން ގެ ފަރާތުން ހިންގާ ޑީނޭޖަރ ޕްރޮގްރާމް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މިފަހަކަށް އައިސް އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ "އެޑިކްޝަން" ގެ ވާހަކައެވެ. ތަފާތު އެކިއެކި ކަންކަމަށް ޒުވާނުން ދެވިހިފާ ވާހަކައެވެ. ޑުރަގާއި، ޕޯނޮގްރަފީ އާއި ސޯޝަލް މީޑިއާ އާއި މިނޫނަސް ތަފާތު އެހެނިހެން ނުރަނގަޅު އާދަތަކުން ޒުވާނުންނަށް ދުރުނުވެވިގެން އުޅޭ ވާހަކައެވެ.

މިކަންކަމަކީ، އެކަންކަމަކުން ދުރުވުމަށްޓަކައި އެތައް ބަޔަކު އެކި ގޮތްގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަންކަމެވެ. އެގޮތުން، ކައުންސެލިންގ އާއި އެކި ކަހަލަ ޓްރީޓްމަންޓްތައް ނަގަމުން ދާ މީހުން ގިނައެވެ. އަދި އެކި ސަބަބުތަކާހުރެ ފަރުވާއާއި ކުރިމަތިލާން ނުކެރޭ މީހުންވެސް މަދެއް ނޫނެވެ.

ކައުންސެލިންގ އާއި އެހެނިހެން ޓްރީޓްމަންޓް ތަކުގެ އިތުރުން، އިސްލާމީ ޢަޤީދާ ވަރުގަދަ ވުމާއި ދީނީ މަޢުލޫމާތު މުއްސަނދިވެ ޢަޤީދާ ވަރުގަދަ ވުމަކީ ވެސް މިފަދަ ނުރަނގަޅު އާދަތަކުން ދުރުވުމަށް ބާރު ލިއްބައިދޭ ކަމެކެވެ. 

އެގޮތުން، ޕީސް ފައުންޑޭޝަނުން ފަރުމާކޮށްފައިވާ "ދަ ޑީނޭޖަރ" ވޯކްޝޮޕަކީ އިސްލާމީ ޢަޤީދާ ބޭނުންކޮށް އެފަދަ ނުރަނގަޅު އާދަތަކުން ދުރުވާނެ ޙައްލުތަކެއް ޒުވާނުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފަރުމާ ކުރެވިފައިވާ ވޯކްޝޮޕެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

މި ޕްރޮގްރާމަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ދެ ޖިންސުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދާ 2 ދުވަހުގެ ވޯކްޝޮޕެކެވެ.

ޕީސް ފައުންޑޭޝަނުން ވަނީ ޑީނޭޖަރ ޕްރޮގްރާމުގެ 3 ވަނަ ބެޗަށް މިހާރު ހުޅުވާލާފައެވެ.

މި ޕްރޮގްރާމާބެހޭ އިތުރު މަޢުލޫމާތު ޕީސް ފައުންޑެޝަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި، 9552949 މި ނަންބަރަށް ގުޅައިގެން ލިބިލައްވާނެ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.