ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޢިމްރާން ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
05 Sep 2023 | 12:23
ރައީސް ޞާލިހް ނޫން އެހެން ބޭފުޅަކަށް މިޤައުމު ގޮވައިގެން ކުރިއަކަށް ނުދެވޭނެ: ޢިމްރާން

ރައީސް ޞާލިޙް ނޫން ބޭފުޅަކަށް މިޤައުމުގެ ގޮވައިގެން ކުރިއަށް ނުދެވޭނެ ކަމަށް ދާޚިލީ ވަޒީރު ޝައިޚް ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވުނު ރައީސް ޞާލިޙްގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބަށް 8 ބޭފުޅުން ކުރިމަތި ލައްވައިގެން ތިބި އިރު ވެރިކަން ހަވާލު ކުރުމުން ހަމަސްދުވަހުވެސް ވެރިކަން ނުކުރެއްވެވޭނެ 5 ބޭފުޅުން އޭގެތެރޭގައި އެބަތިއްބެވި ކަމަށް ޢިމްރާން ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ ރައީސް ޞާލިޙާއި އެންމެ ގާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ވެރިކަން ހަވާލުކުރިޔަސް ވެރިކަން ކުރެވެން ނެތްކަމަށެވެ. މި ސަރުކާރުން ދަރަނި ނަގާފައި ހުރުމުން ޤައުމު ހިންގެން ނެތްކަމަށް އެބޭފުޅުންވެސް އެބަބުނަމުންދާކަމަށެވެ.

"އާދެ އަޅުގަނޑުމެން މިއުޅެނީ ދަރަނި ނަގަންޖެހޭ ވަގުތުގަ ދަރަނި ނަންގަވާ ދަރަނިން ކުރަންޖެހޭ ކަންތައް ކުރައްވާ، ދަރަނި މެނޭޖް ކުރައްވާ، ދަރަނި އަރަންޏަކަށް ބަދަލުކުރައްވާ، ލޯނު ދައްކާ މިޤައުމައިގެން ކުރިއަށް ގޮސް އުފާވެރި އަމާން ރާއްޖެއަކަށް ދެވޭނެ ކެންޑިޑޭޓަކާއި އެކު އަޅުގަނޑުމެންމިތިބީ، އަޅުގަނޑުމެން މިޤައުމު ކުރިއަށްގެންދާނީ، މިރޭ ވަރަށް ސާފުވެގެން މިދިޔައީ އަޅުގަނޑުމެންގެ ރައީސް ނޫން އެހެންބޭފުޅަކަށް މިޤައުމާއިގެން ކުރިއަށް ނުދެވޭނެ ކަން" .

ދާޚިލީ ވަޒީރު ޢިމްރާން އަބްދުالله 

ޢިމްރާން ވިދާޅުވީ ލީޑަރޝިޕްގެ ފަލްސަފާވެރިން ވިދާޅުވާ ލީޑަރެއްގެ ތިން ސިފަ ހުރީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން ރައީސް ޞާލިޙްގެ އެކަނި ކަމަށެވެ. ޢިމްރާން ވިދާޅުވީ އިންތިޚާބު މަޖަލަކަށް ސަަކަރާތަކަށް ހައްދަވައިގެން އުޅުއްވާ ފަރާތްތަކަށް ވޯޓު ނުދެއްވުމަށެވެ. 

ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފްވެސް ވަާހަަކަދައްކަވައިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.