ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ-- ފޮޓޯ/ ވޮއިސް
ހަބަރު
07 Sep 2023 | 10:26
ވާދަވެރި ވިޔަފާރިއެއް ފެންނަން މިއޮތީ ގާސިމްގެ ސަބަބުން؛ އެއިން ފައިދާ ވަނީ ރައްޔިތުންނަށް: ނަހުލާ

ދިވެހިރާއްޖޭގައި ވާދަވެރި ވިޔަފާރިއެއް ފެންނަން މިއޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ވިޔަފާރި ފުޅާކޮށްފައިވަތީ ކަމަށާ، އެކޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވެފައިވާނީ ފައިދާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

'ހާސްކަނޑާލާ ހަމަޖެހޭނެ' މި ޝިޢާރުގެ ދަށުން ޖުމްހޫރީ ޕާޓީން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ގާސިމް ވެރިކަމަށް ވަޑައިގެންފި ނަމަ، ގާސިމްގެ ވިޔަފާރި ފުޅާ ކުރައްވާނެ ކަމަށް ބައެއް ފާޑުކިޔުންތެރިން ބުނަމުން އަންނަ ކަމަށެވެ. 

އެހެން ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމެއް ފެންނަން މިއޮތީ ގާސިމްގެ ވިޔަފާރި ފުޅާކުރުމުން ކަމަށް ނަހުލާ ވިދާޅުވި އެވެ. 

މިއާއެކު ނަހުލާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައި ހުރި މަޝްރޫއުތައް ހިންގާފައިވަނީ ވޭތުވެދިޔަ ސަރުކާރު ތަކުން އެކަނި ކަމަށާ، އަމިއްލަ ފަރާތްތަކަށް އެ ފުރުސަތާއި އަމިއްލަ ވިޔަފާރި ކުުރުމުގެ ފުރުސަތު އޮތްނަމަވެސް އެ ފުރުސަތުގެ ބޭނުން ބައެއް ފަރާތްތަކުން ނުކުރާ ކަމަށް ނަހުލާ ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވާދަވެރިން ނެތި ޚިދުމަތްތައް މޮނޮޕޮލައިޒްވެފައިވާ ކަމަށްވެސް ނަހުލާ ފާހަގަކުރެއްވިއެވެ. 

ނަމަވެސް އެހެން އޮތް އޮތުން ނިމުމަކަށް ގެންނެވުމަށް، ތަފާތު އެކި ދާއިރާތަކުން ގާސިމްގެ ވިޔަފާރިތައް ކުރިއަރުވައި ހިންގަވަން ފެއްޓެވި ކަމަށާ އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތަކުގެ އަގު ހެޔޮވެގެން ދިޔަ ކަމަށް ނަހުލާ ވިދާޅުވި އެވެ. 

ވޭތުވެދިޔަ ސަރުކާރުތަކުން ކުރަމުން އައި ނުވަތަ ހިންގަމުން އައި މަޝްރޫޢުތަކަކީ ހަމައެކަނި ސަރުކާރުން ހިންގަމުން އައި މަޝްރޫޢޫތަކެއް. އަމިއްލަ ފަރާތްތަކަށް ފުރުސަތު އޮތްނަމަވެސް އަމިއްލަ ފަރާތްތަކުން ނުކުރޭ. ނުކުރާ ކަމުގެ ސަބަބުން އަގު ކޮންޓްރޯލްވެފަ ކޮމްޕީޓްކުރާނެ އެހެން ފަރާތެއްނެތިފަ ހުއްޓުމެއްގެ ތެރޭގަ އޮތީ. މޮނޮޕޮލައިޒް ވެފަ އޮތީ. އެހެން އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި އަމިއްލަފުޅަށް މަސައްކަތް ކުރައްވަން ފެއްޓެވީމަ ނަތީޖާއަކަށްވީ ރައްޔިތުންނަށް ޚިދުމަތްތައް އަގުހެޔޮކޮށް ލިބުން. ތެޔޮ ކަމުގައި ވިޔަސް. ޓިކެޓް ކަމުގައި ވިޔަސް"

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ

މީގެ މިސާލެއްގެ ގޮތުން ނަހުލާ ނެންގެވި ވިލާ އިން ހިންގާ 'ފްލައި މީ' ގެ ޚިދުމަތެވެ. ނަހުލާ ވިދާޅުވީ މިހާރުވެސް އެންމެ އަގުހެޔޮކޮށް ޓިކެޓް ވިއްކަމުން އަންނަނީ އެ އެއާލައިން އިން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތައް ވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެގޮތަށް އެކަން ކުރީމަ ނޫންތޯ އޭރުގައި އޮތް ސަރުކާރަކުން ޖެހުނީ ޓިކެޓްގެ އަގު ހެޔޮ ކުރަން. ކޮންބަޔަކަށްތޯ ފައިދާވީ ގާސިމް އިބްރާހިމް ވިޔަފާރި ކުރެއްވީމާ؟ އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް ހެން. 

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ

މީހެ އިތުރުން ނަހުލާ ވިދާޅުވީ ގާސިމް އަކީ އަމިއްލަ ވިޔަފާރިތަކުން ލިބޭ އާމްދަނީގެ 60 އިންސައްތަ ރައްޔިތުންނަށް ޚަރަދު ކުރައްވާ ބޭފުޅެއް ކަމަށާ، އެހެންކަމުން، ދަރަނިވެރިވެފަ އޮތް ދައުލަތަކާ އެމަނިކުފާނު ހަވާލުވެފަ ފުރުއްވާނެ ނުވަތަ ބޮޑު ކުރައްވާނެ ޖީބެއް ނެތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.