ިއިންޑިޔާއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ
ހަބަރު
07 Sep 2023 | 14:38
ރާއްޖެއިން 30 ހެކްޓަރުގެ ބިން އިންޑިއާ ސިފައިންއަށް ދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެއް ލީކުވެއްޖެ

ދިވެހިރާއްޖެއިން 30 ހެކްޓަރުގެ ބިން، އިންޑިޔާ ސިފައިންނަށް ދިނުމަށް އެދި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.ސުބްރަމަނިޔަން ޖައިޝަންކަރު ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުالله ޝާހިދަށް ފޮނުއްވާފައިވާ، ސިޓީއެއް ލީކު ވެއްޖެއެވެ. 

މި ސިޓީ ފަށްޓަވަމުން ޖައިޝަންކަރު ވަނީ މިދިޔަ ޖުލައި މަހު ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ދެ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާކުރެވުނު މަޝާވަރާގެ ތެރެއިން، ވަރަށް ގިނަ ކަންކަމުގައި އެއްބަސްވުމަކާއި ހަމައަށް އާދެވުނުކަން އުފަލާއި އެކު ފާހަގަ ކުރައްވާފައެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ އުތުރު ތިލަފަޅު އެއްބަސްވުމާއި 2019 ވަނަ އަހަރު ލައިން އޮތް ކްރެޑިޓް އަށް އިންޑިޔާ ގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނު ދެއްކުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ޝާހިދު އެދިފައިވާތީ އެކަން އެ ސިޓީގައި ހާމަކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެކަމުގެ ތަފްސީލް ހާމަކުރައްވައި ޖައިޝަންކަރު ވިދާޅުވީ, އެ  އެއްބަސްވުމަށް ގެނެވޭ ބަދަލާއި އެކު ދެ ޤައުމަށް ފައިދާވާ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި އެ ގެނައި ބަދަލާއެކު 4 ތާރީޚެއްގައި ސޮއިކޮށްފައިވާ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލައިން އޮފް ކްރެޑިޓު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ސިޓީގައި ޖައިޝަންކަރު އިތުރަށް ވިދާޅުވެފައިވަނީ ރާއްޖެއަށް އެއް އަންމޭންޑް އެއިރިއަލް ވެހިކަލް ނުވަތަ ޑްރޯނެއް ދިނުމަށް އިންޑިއާއިން ރާއްޖެއާއެކު އެއްބަސްވެފައިވާކަމަށްށެވެ. 

ރައްޖެއަށް ދިނުމަށް އެއްބަސްވި މި ޑްރޯނުގެ އިތުރަށް އިތުރު 11 ޑްރޯނެއް ދިވެހި ސަރުކާރަށް ދިނުމުގެ ގޮތުން 550،000،000 އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިވެހި ސަރުކާރަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމުގައިވެސްއެ ސިޓީގައި ބުނެފައިވާއިރު، މި ޑްރޯނުތައް އޮޕަރޭޓުކުރުމަށް ހަމަޖެހިފައިވަނީ، އެކަމާ ގުޅޭ އެއްބަސްވުމުގައި ބުނެފައިވާ އުސޫލުގެ މަތިން އެމްއެންޑީއެފްގެ އޮފިސަރުންކަމަށް ޖައިޝަންކަރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އިންޑިޔާގެ ފޮރިން މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވަނީ ތަމްރީނާއި ކުރިއެރުމާއި އެހީތެރިކަން އެމްއެންޑީއެފްއަށް ފޯރުކޮށްދީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ.ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން ކޮންމެ ތަނަކުން މަދުވެގެން 15 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރަންވާނެ ކަމާއި މި ސިޓީގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި މި ބިން ދޫކުރަންޖެހެނީ 99 އަހަރުގެ މުއްދަތަށް ކަމަށެވެ.

އެ ބިންތައް މިސިޓީގައި އިންޑިއާގެ ޚާރިޖީވަޒީރު ސިފަކުރައްވާފައިވަނީ "Our Sovereign domain" ނުވަތަ އަހަރުމެންގެ ސިޔާދަތީ ސަރަހައްދުގެ ގޮތުގައިކަން ފާހަގަކުރެވެއެވެ.

ޖައިޝަންކަރުގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ މިހާރު ދީފައިވާ އަދި ދިނުމަށް ހުށަހަޅާފައިވާ 1،940،000،000 (އެއް ބިލިއަން ނުވަސަތޭކަ ސާޅީސް މިލިއަން) ޑޮލަރު ނުވަތަ 29.9 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޕޭމަންޓެއް ހެދުމުން، އެ ބިންތައް ފުރަތަމަ ދޭ 99 އަހަރު ހަމަވަމުން އިތުރު މުއްދަތަށްވެސް އެ ބިންތައް އިންޑިއާއަށް ލިބޭނެ ކަމަށެވެ. ކްރެޑިޓް ލައިނު އެއްބަސްވުމުގެ ދަށުން ޕޭމެންޓު ހަދާ ގޮތެއްކަމަށް މި ސިޓީން ފެންނަނީ ރާއްޖެއިން ދައްކަންޖެހޭ ފައިސާއިން މިންވަރެއް އިންޑިއާއިން މާފުކޮށްދިނުމެވެ. 

އެހެންކަމުން މިއީ ކުރިން ދުވަހަކުވެސް ދައުލަތުގެ ދަރަނި މައާފުނުކުރާ މިންވަރުގެ މައާފުކުރުމެއް ކަމުގައިވާނެ ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އަދި އެއީ ދިވެހި ރައްޔިތުންނާއި ދައުލަތަށް އޮތް ބޮޑު ބުރައެއް ފިލުވައިދިނުންކަމަށާއި، ދެ ޤައުމު އެކީގައި ކުރާ ދަތުރުގައި ތާރީޚީ މުހިއްމު ފިޔަވަޅަކަށް އެކަން ވާނެކަމަށްވެސް މި ސިޓީގައިބުނެފައެވެ.

މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން ހަނިމާދޫއާއި ގަމުން އިންޑިއާއަށް ދޫކުރާ 15 ހެކްޓަރަށްވުރެ ބޮޑުނޫން ބިމަކީ އިންޑިއާގެ ފުރިހަމަ ބާރު ހިނގާ، އިންޑިއާގެ ސިޔާދަތީ ސަރަހައްދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.