"ގަލީ ބޯއި": ރަންވީރް އާއި އާލިއާގެ ފިލްމް ކޮޮންމެހެންވެސް ބަލަންޖެހޭ!

22 Feb 2019 | 19:37

ވެލަންޓައިންސް ޑޭ ހަފްތާ ބަންދާއި ދިމާކޮށް ފެބްރުއަރީ މަހު ރިލީޒްކުރި ރަންވީރް ސިންގް އަދި އާލިއާ ބަޓް ފެނިގެންދާ "ގަލީ ބޯއި" ދަނީ ބޮލީވުޑް ބޮކްސް އޮފިސްގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

ފިލްމުގެ ޓިކެޓް ވިއްކުމުގައި ވިކީ ކައުޝަލްގެ "ޔޫރީ: ދަ ސާރޖިކަލް ސްޓްރައިކް" އާއި ވާދަކުރަމުންވެސް "ގަލީ ބޯއި" މިސްރާބުޖަހާފައިވަނީ މި ހަފްތާގެ ތެރޭގައި 100 ކްރޯ ރުޕީސްގެ ވިޔަފާރި ކުރުމަށެވެ. އަދި "ގަލީ ބޯއި" ގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އިންޑިއާގެ ސިޓީތަކުގައި ސިނަމާއަށް ގޮސްއުޅޭ ބެލުންތެރިންކަން ފާހަގަކޮށްލެވެއެވެ.

މިހާރުވެސް އިންޑިއާގައި "ގަލީ ބޯއި" ފިލްމުން ވަނީ 88 ކްރޯ ރުޕީސް އަށް ވުރި ބޮޑު ވިޔަފާރިއެއް ކޮށްފައެވެ. މި ފިލްމު 100 ކްރޯގެ ވިޔަފާރިއެއް ކުރުމުން ވެގެންދާނީ، "ޕަދްމާވަތް" އަދި "ސިމްބާ"ގެ ފަހުން ރަންވީރް ސިންގް ގެ ކެރިއަރުގައި 100 ކްރޯގެ ވިޔަފާރިއެއް ކުރި 3 ވަނަ ފިލްމަށެވެ. އަދި "ގަލީ ބޯއި" ފިލްމު މިހާރު ވެގެންގޮސްފައިވަނީ ފިލްމުގެ ޑައިރެކްޓާރ ޒޯޔާ އަޚްތަރް ގެ އެންމެ ކާމިޔާބު ފިލްމަށްވެސް މެއެވެ.

"ގަލޯ ބޯއި" ގައި ރަންވީރް ސިންގް ދައްކުވައިދީފައިވާ ކެރެކްޓަރ ފުރިހަމަކަމުން އަދިވެސް ފޭނުން ދަނީ މީސް މީޑިއާގައި އޭނާއަށް ތަޢުރީފްކުރަމުންނެވެ.

ހޮލީވުޑް އެކްޓާރ ވިލް ސްމިތް ވެސް ވަނީ ފިލްމް "ގަލީ ބޮއި" ބެލުމަށްފަހު ރަންވީރް ސިންގަށް ތަޢުރީފްކޮށްފައެވެ. ހިޕް-ހޮޕް މިޔުޒިކް ގެ އަސްލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ރޫހު އާލާވާތަން ފެނުން ކަމަށް ބުނެ ވިލް ވާހަކަދައްކަމުން ވަނީ، ރަންވީރް "ގަލީ ބޯއި" ގައި ކުޅެފައިވާ މުރާދް ގެ ކެރެކްޓާރ ވަރަށް ކަމުދިޔަމަށް ހާމަކޮށްފައެވެ. "ގަލީ ބޯއި" ގެ ކާމިޔާބީ ވަނީ އިންޑިއާއަށް އެކަނި ޙާއްސަވެފައެއްވެސް ނޫނެވެ. އެކި ޤައުމުތަކުގެ، އެކި އުމުރުފުރައިގެ ބެލުންތެރިންނަށްވެސް ކަމުދާނެގޮތަށް، އަސްލު ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ އެއްގޮތަކަށްވެސް ނުބަލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫނެވެ. 

Advertisement

ކޮމެންޓް