ޢަލީ ޒާހިރު ރައީސް ޞާލިޙާއި އެކު. ފޮޓޯ:އިންޓަރނެޓް
ހަބަރު
10 Sep 2023 | 11:42
ދެވަނަ ބުރަށް ދާނީ އިހުނަށްވުރެ ވަރުގަދަކޮށް: އަލީ ޒާހިރު

ދެވަނަ ބުރަށް ދާނީ އިހުނަށްވުރެ ވަރުގަދަކޮށް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްބުރުން ނުނިމުނު ކަމަށާއި ދެވަނަ ބުރަށް ދާނީ އިހުނަށް ވުރެވަރުގަދަކޮށް ކަމަށެވެ. އަލީ ޒާހިރުގެ ޓްވީޓުގައި ވޯޓްގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައިވެއެވެ.

"ދެވަނަ ބުރުގައި އަޅުގަނޑުމެން ނިކުންނާނީ މިފަހަރު ވޯޓުގައި ބައިވެރިނުވެވުނު ހުރިހާ ބޭފުޅުންގެ ވޯޓާއި ވެސް އެކު" 

ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު

މީގެ އިތުރުން އަލީ ޒާހިރު ވިދާޅުވީ ދެވަނަ ބުރަކަށް ނުކުންނާނީ އެންމެން އެކުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެކު އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކަމަށެވެ.

އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން އިންތިޚާބު މިހާރުވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒެވެ.

އިންތިޚާބު ދެވަނަ ބުރަށް ދިޔުމާއި އެކު ދެ ކެންޑިޑޭޓުން ވެސް ވިދާޅުވެފައިވަނީ އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހެއްދެވުމަށް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.