ސިޔާމް އާއި ރައީސް ޞާލިހް--ފޮޓޯ/ އަދަދު
ހަބަރު
10 Sep 2023 | 15:25
އެމްޑީއޭ އިން ދެވަނަ ބުރުގެ ހިސާބު ޖަހައިފި!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ހިސާބު، ވެރިކަން ކުރާ އެމްޑީޕީ އާއި ކޯލިޝަން ހަދާފައި އެމްޑީއޭއިން ޖަހައިފިއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިއްޔެ ނިމިގެން ގޮސްފައިވާއިރު, 15,000 އަށްވުރެ ގިނަ ވޯޓުގެ ބޮޑު ފަރަގަކުން، އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޑރ. މުޢިއްޒު އެވެ. އެއީ ހަތް ޕަސެންޓުގެ ފަރަގެކެވެ.

މުއިއްޒަށް ލިބިވަޑައިގެންނެވީ 100,122 ވޯޓެވެ. އެއީ 46.07 ޕަސެންޓެވެ. ރައީސް ސާލިހަށް 84,997 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 39.11 ޕަސެންޓް ވޯޓެވެ.

އެކަމާއި ގުޅިގެން އެމްޑީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ، މީގެ ކުރިން ދެވަނަ ބުރަކަށް ގޮސްފައިވާ އިންތިޚާބު ތަކުގައި ކަންކަން ވެފައި އޮތް ގޮތުގެ ހިސާބުތައް ހާމަކޮށްފައެވެ. 

އެގޮތުން، 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް %45 ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ. 
އަދި 2013 ވަނަ އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު %47 ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ވެސް ބުނެފައިވެއެވެ. 
"ތާރީޙުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު އިންޝާ الله ދެވަނަ ބުރު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ!" އެމްޑީއޭ ގެ ޓުވިޓުގައި ބުނެފައިވެއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ބޮޑު ތަނުން ކާމިޔާބީ ލިބޭނެ ކަމަށް ވެރިކަންކުރާ އެމްޑީޕީ އާއި އެޕާޓީއާއެކު ކޯލިޝަން ހެދި ޕާޓީތަކުން ބުނެފައި ވަނިކޮށް ބޮޑު ފަރަގަކުން އެމަނިކުފާނު ދަށް ވުމުން އެފަރާތްތަކުން އަންނަނީ ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތް ކުރާނެ ކަމަށް ބުނަމުންނެވެ..

ކޮމެންޓް
ކިޔު
އެ ދެފަހަރުގެ ހާލަތާއި މި ފަހަރުގެ ހާލަތު ވ ތަފާތު.
10 Sep 2023
ރައޫފް
ތީ އުރަތްޕެއް ނެތް ޕާޓީ އެއް. ތިޔަ ޕާޓީ ވެސް ވަކިން ވާދަ ކުރިނަމަ އިނގޭނެ ލިބޭ ވޯޓް. މަށައް ހަމަ ޔަގީން ފާރިޝް އަށް ވުރެވެސް މަދުވާނެ.
11 Sep 2023
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.