ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުالله ދީދީ
ހަބަރު
11 Sep 2023 | 16:51
"އިންޑިއާ ސަފީރު އުޅެނީ އިސްތިޢުމާރީ ބާރު ތަމްސީލުކުރަން ޢައްޔަންކޮށްފައި ހުންނަ ގަވަރުނަރެއް ހެން"

ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އުޅުއްވަނީ އިސްތިއުމާރުގެ ޒަމާނުގައި އިސްތިއުމާރީ ބާރުތަކުގެ ގަވަރުނަރުން އުޅުއްވި ގޮތަށްކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު ސަރުކާރުގެ ބައެއް ވަޒީރުންނާ ހޮޓެލް ޖެންގައި ބައްދަލުކުރައްވާ ކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވައި ޑރ. އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ސަފީރު އަދާކުރައްވަމުންދާ ދައުރަކީ ސަފީރަކު އަދާކުރަންޖެހޭ ޑިޕްލޮމެޓިކް ދައުރެއް ނޫން ކަމަށެވެ. 

ޑރ. އަހުމަދު ވިދާޅުވީ ސަފީރަކު އަދާކުރައްވަންޖެހޭ ލ ދައުރު އަދާކުރުމުގައި ތަބާވާންޖެހޭ ޕްރޮޓްކޯލްތަކެއް ޤާއިމުވެފައި ހުންނާނެ ކަމަށެވެ. އެ ގޮތުން އޭނާ ތަބާވާ ދައުލަތުން ފޮނުވާ މެސެޖްތަކާއި އަންގާ އެންގުންތައް ޚާރިޖީ ވުޒާރާ މެދުވެރިކޮށް ފޯރުކޮށްދެވޭ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ ކަން ޑރ. އަހުމަދު ފާހަގަކުރެއްވިއެވެ.

އަދި އެއްވެސް ޕްރޮޓްކޯލް އަކަށް ތަބާވުމެއް ނެތި، އިންޑިއާ ސަފީރު މިހާރު އެ އުޅުއްވަމުންދާ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވަދެ ބޭނުން އިރަކު ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސް ވެރިންނާއި ބައްދަލުކޮށް އުޅެނީ އިސްތިޢުމާރީ ދުވަސްވަރު އިސްތިޢުމާރީ ބާރު ތަމްސީލުކުރަން ޢައްޔަންކޮށްފައި ހުންނަ ގަވަރނަރުން ފަދަ މީހުން ކަމަށްވެސް ޑރ. އަހުމަދު ކުރެއްވި އެވެ.

"ސުއާލަކީ މިހާރު ދިވެހިރާއްޖެ މިވަނީ އިންޑިއާ އިން އިސްތިޢުމާރު ކޮށްފައިތޯ؟ ސަފީރަކީ އިސްތިޢުމާރީ ބާރު ތަމްސީލުކުރާ ގަވަރނަރު ތޯ؟" ޑރ. އަހުމަދު ސުވާލު ކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.