ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު --
ހަބަރު
11 Sep 2023 | 22:01
ކޯލިޝަން ހެދުމުގެ މަޝްވަރާ ރައީސް ޞާލިހު އާއެކު ކުރައްވާކަމަށް ފުރަތަަމަ ފަހަރަށް ރައީސް ނަޝީދު ވިދާޅުވެއްޖެ!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިރޭ އިންޑިއާ ކޮމިޝަނަރާއި ބައްދަލު ކުރެއްވުމަށްފަހު "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ބައްދަލުވުމަކީ ސިޔާސީ ވާހަކައެއް ދެއްކުމަށް ނުވަތަ ކޯލިޝަން ހެދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެއް ނޫން ކަމަށެވެ. 

"ދިވެހިރާއްޖޭގެ ސިޔާސީ، އެތެރޭގެ އެއްވެސް ކަމަކާއި ގުޅޭ ގޮތުން (އިންްޑިއާ ހައިކޮމިޝަނަރާ) ވާހަކައެއް ނުދައްކަން" ރައީސް ނަޝީދު ވިދާޅުވި އެވެ. 

މިއާއެކު ދެވަނަ ބުރުގައި ރައީސް ޞާލިހާއިއެކު ކޯލިޝަން ހައްދަވާފާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެމްޑީޕީ އާއި ޕީޕީއެމާއި ވެސް ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާ ކުރައްވާނެ ކަމަށް ޑިމޮކްރެޓްސް ގެ ރިޔާސީ އިލްޔާސް ލަބީބު ވިދާޅުވެފައިވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ރައީސް ޞާލިހާއެކުވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ފަރާތުން އިލްޔާސް އެބަ ވިދާޅުވޭ ދެއްތޯ ދެ ޕާޓީއާވެސް ވާހަކަ ދައްކަވާނަމޭ..."

"(ރައީސް ޞާލިހު އާއެކު މަޝްވަރާތައް) ކުރިއަށް އެބަދޭ. އިރާދަކުރެއްވިޔާ ރަނގަޅު ގޮތެއް ވާނެ. ދެން ބެފޭޅުންނާއެކު ވެސް ވާހަކަ އެބަ ދެކެވޭ. ދެން އަޅުގަނޑަށް ހީވާ ގޮތުގައި ތިބޭފުޅުންވެސް ހިތްހަމަޖެހޭ ގޮތަށް މިކަން ނިމިގެން ދާނީ. އެއްގޮތަކަށްވެސް ކަންބޮޑުވެނުލައްވާ. ކަންބޮޑުވެއްޖެއްޔާ އޮންނާނީ ގޮސްވެފައި. އަޅުގަނޑު ރަނގަޅަށް ހަދާނީ. އަޅުގަނޑު ގޯސްކޮށް ނުހަދާނަން. އަޅުގަނޑު ވަރަށް ބަލާނަން ރަނގަޅަށް ހަދަން. އަޅުގަނޑަށްވެސް އިންތިހާބުގެ ނަތީޖާ އެބަ ފެނޭ. ހުރިހާ ކަމެއްވެސް އިރާދަކުރެއްވިޔާ ރަނގަޅު ވާނެ."

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، ޑިމޮކްރެޓްސް އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް އެދި އެމްޑީޕީ މަޖިލިސް މެންބަރުން މަޖިލީހަށް ހުށަހެޅު ރައީސް ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މިއަދު ވަނީ ނަގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.