ކާނަލް މުހައްމަދު ނާޒިމް
ހަބަރު
12 Sep 2023 | 16:48
މިވަގުތު ދުރުގައި ހުއްޓަސް އަޅުގަނޑުގެ ހިތް އޮތީ ޕީޕީއެމްއާއެކު: ނާޒިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ނުކުމެ މިތިބީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ޖާނާއި މާލުން ގުރުބާންވުމަށް އަތުކުރި އޮޅާލައިގެން ކަމުގައްޔާއި ދުރުގައި ހުއްޓަސް އެމަނިކުފާނުގެ ހިތް އޮތީ ޕީޕީއެމް އާއެކު ކަމުގައި އެމްއެންޕީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމު ވިދާޅުވެެއްޖެއެވެ. 

މިހާރު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ގެ ޖޮއިންޓް ޕްރެސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން އެންމެ އިތުބާރުކުރައްވާ ދެ ކެންޑިޑޭޓުންވަނީ ރައްޔިތުންގެ ވޯޓުން ކަނޑައަޅައިފައިކަމުގައެވެ. 

އެގޮތުން ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީއާއެކި ކުރިއަށް ދިއުމަށް އެ ޕާޓީން ނިންމީ މުހިއްމު ގައުމީ ކަމެއްގެ ގޮތުގައި ދެމުންގެން ކަމުގައިކަން ހާމަކޮށް ނާޒިމް ވިދާޅުވީ، އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނަކީ ޕީޕީއެމް ޕީއެންސީގެ ފިކުރުގެ ބޭފުޅުން ކަމުގައެވެ. 

ހަގީގަތުގައި އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށުނީ ޕީޕީއެމްއިން، އެހެންވީމަ އަޅުގަނޑު ވަރަށް އިހްތިރާމްކުރާ ޕާޓީއެއް ވަރަށް ލޯބިވާ ޕާޓީއެއް ޕީޕީއެމްއަކީ، މި ވަގުތު ދުރުގައި އޮތަސް އަޅުގަނޑުގެ ހިތް އޮތީ ޕީޕީއެމްއާއެކު

ކާނަލް ނާޒިމް 

މީގެ އިތުރުން ނާޒިމް ވިދާޅުވެފައިވަނީ ޕީޕީއެމްއާއެކި މަސައްކަތް ކުރުމަށް ނިންމި އެންމެ މުހިއްމު ސަބަބަކީ ޕީޕީއެމް އަކީވެސް އަދި އެމްއެންޕީއަކީވެސް ދިވެހި ގައުމަށްޓަަކައި ހެވާއި ލާބަޔަށް މަސައްކަތްކުރާ، މި ގައުމު އިސްކުރާ ބައެއްގެ ގޮތުގައި ތިބި ދެ ޕާޓީއަށް ވުން ކަމަށާއި، އެހެންކަމުން ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމަކީ ނުހަނު ފަސޭހަކަމަކަށް ވުން ކަމުގައި ވާތީކަމަށެވެ. 

ހަމަ އެޔާއެކު ޕީޕީއެމް ޕީއެންސީއާއެކު މަސައްކަތް ކުރުމަށް ނިންމި ސަބަބަކުގެ ތެރޭގައި އެ ޕާޓީގެ މެނިފެސްޓޯއާއި ފަލްސަފާތަކުގައި އެމްއެންޕީން ގަބޫލުކުރާ އުސޫލުތަކާއި ހަމަތައް ގިނަވުންވެސް ހިމެނޭކަން ނާޒިމް ވަނީ ފަާހަގަކުރައްވާފައެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއާއި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ސިޔާސީ ޕާޓީތަކުން މިހާރު ކުރަމުން އަންނަ އިރު، އިބްތިހާބުގެ ފުރަތަމަ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ނިންމި ފުރަތަމަ ޕާޓީއަކީ އެމްއެންޕީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.