ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަދި އެމްއެންޕީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމު
ހަބަރު
12 Sep 2023 | 18:47
ގައުމީ މަސައްކަތުގައި އެމްއެންޕީ ގުޅުމަކީ ގައުމަކަށް ލެވޭ ހިތްހަމަޖެހުމުގެ ނޭވާއެއް: ޑރ މުއިއްޒު

ޕީޕީއެމް ޕީއެންސީން ކުރަމުން ގެންދާ ގައުމީ މަސައްކަތުގައި ގައުމީ ޖޯޝު އިސްކޮށް، އެމްއެންޕީން އެ ޕާޓީއާއި ގުޅުމަކީ ދިވެހި ގައުމަށް ލެވޭ ހަމަޖެހުމުގެ ނޭވާއެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޕީޕީއެމް ޕީއެންސީއާއި އެކު މަސައްކަތް ކުރުމަށް އެމްއެންޕީން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު މީރުމާގެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ ކޯލިޝަނާއެކު މަސައްކަތް ކުރުމަށް ނިންމި ކަމަށްޓަކައި އެމްއެންޕީގެ ލީޑަރޝިޕާއި އެޕާޓީގެ އެންމެހައި މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނު އުންމީދަކީ އެމްއެންޕީން ދެއްކި ނަމޫނާއިން ހިތްވަރު ލިބިގެން ކުރިއަށް އޮތް ތިން ދުވަހު ސިޔާސީ ޕާޓީތަކުން ޕީޕީއެމް ޕީއެންސީއާއި ގުޅިވަޑައިގަތުން ކަމުގައެެވެ.

އަޅުގަނޑު ޔަގީންކުރަނީ ނާޒިމްވެސް ވިދާޅުވިފަދައިން ދެފަރާތުން ގުޅިގެން އެކުގައި އިންތިހާބުގެ ދެވަނަ ބުރު ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަަކައި ކާމިޔާބު ކުރެވިގެން ދާނެކަމަށް

ޑރ މުހައްމަދު މުއިއްޒު 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ލީޑަރ ނާޒިމް ވިދާޅުވެފައިވަނީ، އެ ޕާޓީން ތިބީ ޖާނާއި މާލުން ގުރުބާން ވެގެންވެސް ޑރ މުއިއްޒުއަށް އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށްދިނުމަށް ކަމުގައިކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއާއި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ސިޔާސީ ޕާޓީތަކުން މިހާރު ކުރަމުން އަންނަ އިރު، އިބްތިހާބުގެ ފުރަތަމަ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ނިންމި ފުރަތަމަ ޕާޓީއަކީ އެމްއެންޕީއެވެ. 

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ 1907 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 0.8 ޕަސެންޓް ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް 101،635 ވޯޓެވެ. އެއީ 46 ޕަސެންޓް ވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.