ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله-- ފޮޓޯ/ އެމްޑީޕީ
ހަބަރު
13 Sep 2023 | 10:37
ތަންކޮޅެއް އޯވާ ކޮންފިޑެންޑް ވެވުނީ؛ މިހާރު އެނގިއްޖެ ސީރިއަސްވާން ޖެހިއްޖެކަން: ޢިމްރާން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހަމަ ހަގީގަތުގައިވެސް ކުޑަތަންކޮޅެއް "އޯވަ ކޮންފިޑެންޓް" ވީ ކަމަށާ، ސީރިއަސްވާން ޖެހޭކަން މިހާރު އެނގިފައިވާ ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ދަޑިކޮށި ޖަގަހަ" ގައި ކޯލިޝަން ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތެރިންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރުގައި އުއްމީދުކުރި ނަތީޖާ ނުލިބުނީ މޮޅުވާނެ ކަމަށް ކުރެވުނު އުއްމީދު ބޮޑުކަމުން ބައެއް ކަންކަމާ ފަރުވާ ކުޑަކޮށްލެވުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވީ ގޮތަކީ ތަންކޮޅެއް ބާރަށް ދުވެވޭހެން ހީވާތީވެ، ކުޑަކޮށް ދުއްވާލި ތަނާ ކުޑަކުޑަކޮށް މަޑުކޮށްލެވުނީ. އެކަމަކު މިހާރު ތިބީ ނިކުމެ ބާރަށް ދުއްވާގަނެވިފައި. ދެން އިރާދަކުރެއްވިއްޔާ މިއެއް އަތެއް ނުވާނެ. މި ތިން ޕާޓީ ނުކުމެ މީތި ގަދަ ކުރާނެ. ކުރި ހޯދާނެ. މޮޅުވާނެ. މޮޅުވާނެ. މޮޅުވާނެ. 

ޢިމްރާން އަބްދުالله

އިމްރާން ވިދާޅުވީ އެބޭފުޅުން ނިކުމެ ތިބީ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެން ޖަލުގެ ގޮޅިތަކުގެ ފަހަތަށް ނުދާނެ ގޮތެއް ހޯދުމަށް ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި ސީރިއަސްވާންޖެހޭކަން މިހާރު އެނގިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. 

"ކެންޕޭން ދުވަސްކޮޅުގައި އަޅުގަނޑުމެންގެ މީހުން ތަންކޮޅެއް "އޯވާ ކޮންފިޑެންޓް" ވީ. މިއަދު އަޅުގަނޑުމެންނަށް، އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް އެނގިއްޖެ ކުޑަކޮށް އެބަޖެހޭކަން ސީރިޔަސް ވެލަން. އަދާލަތާއި އެމްޑީއޭއަށް އެނގިއްޖެ އެބަޖެހޭކަން ސީރިޔަސް ވެލަން،" 

ޢިމްރާން އަބްދުالله 

އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް މިހާރު މަސައްކަތް ފަށްޓަވާފައި ވަނީ ކޮވިޑު ތެރޭގައި މަސައްކަތް ކުރެއްވި ގޮތަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެގޮތުން ކޮންމެ ރަށަކުވެސް "ކާޑު ހުރި މިންވަރާ، ބޭސް ހުރި މިންވަރު ވަކިވަކިން" ދެން ބައްލަވާނެ ކަަމަށް ޢިމްރާން ވިދާޅުވި އެވެ. އަދި "ބޭސް ހުރި މިންވަރު ބެލުމުން" ދެން ނުކުންނަވާނީ ރަނގަޅު ނަތީޖާއާ އެކު ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. 

ދެވަނަ ދައުރަކަށް ބާކީ އޮތީ17 ދުވަސްކަން ފާހަގަ ކުރައްވައި އިމްރާން އިތުރަށް ވިދާޅުވީ، ދެތިން ގަޑިއިރު ނިދައިގެން ކާމިޔާބު ކަމާއެކު އިންތިހާބު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ