ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ރަނިންމޭޓް މުހައްމަދު އަސްލަމް-- ފޮޓޯ/ އެމްޑީޕީީ
ހަބަރު
13 Sep 2023 | 11:30
އަޅުގަނޑުމެން ބަލިވާން ގާތް ވެސް ނުވޭ؛ ހުރިހާ ހިސާބުތައް ދައްކަނީ މޮޅުވާނެކަމަށް: އަސްލަމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބަލި ނުވާ ކަމަށާ، އެ ބޭފުޅުންގެ ހިސާބުތައް ދައްކާގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެ ޕާޓީން ކަމަށް ރައީސް ޞާލިހު ގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ "ދަޑިކޮށި ޖަގަހަ" ގައި ކޯލިޝަން ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތެރިންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި އަސްލަމްގެ ވާހަކަފުޅު ފެއްޓެވީވެސް އެމްޑީޕީ ބަލިވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ. 

"އަޅުގަނޑުމެން ބައްޔެއް ނުވޭ، ބަލިވާން ގާތް ވެސް ނުވޭ އަދި. އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން ރީތިކޮށް ސާފުކޮށް އަޅުގަނޑުމެން މި ނިންމާލާނީ މޮޅުވެގެން, މޮޅުވާނެ. ހުރިހާ ހިސާބުތަކެއް ދައްކަނީ އެހެން." 

މުހައްމަދު އަސްލަމް 

މިއާއެކު އަސްލަމް ވިދާޅުވީ، އެ ޕާޓީއަށް ވޯޓު ދޭނެ ކަމަށް ސާފުކޮށް ބުނެފައިވާ 37,000 ވޯޓު ނުލިބިވާ ކަމަށާ އެކަން އެގޮތަށް ދިމާވުމުގައި ކޮންމެ ވެސް ސަބަބެއް ވާ ކަމަށެވެ. އަސްލަމް އެ ވިދާޅުވާ 37,000 ވޯޓަކީ އިންތިޚާބުގައި ވޯޓުލާން ނުނުކުންނަ ބައިލައްކައަށްވުރެ ގިނަ މީހުންގެ ތެރެއިން އެ ޕާޓީއަށް ވޯޓުލާނެ ކަމަށް ބުނެފައިވާ މީހުންނެވެ. 

"އަޅުގަނޑުމެންނަށް އޯވަރ ކޮންފިޑެންޓް ވީ. ނުވަތަ އަޅުގަނޑުމެންނަށް އެކަން ނުކުރެވި ދިޔައީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. ކުރާނެ." 

މުހައްމަދު އަސްލަމް 

މީގެ އިތުރުން ވެސް އަސްލަމް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ދިފާއުކޮށް، އެ ގައުމާއި ގުޅުން ކަނޑާލެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވެސް އޭނާ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. 

ކޮމެންޓް
Ahmed Didi
ހަމަ ހޭގަހުންނަމީހަކއް ރަނގަޅަށް ހިސާބު ޖެހޭ ނީ
13 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.