ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު--
ހަބަރު
13 Sep 2023 | 20:09
ސިފައިންނަށް ފިނދަނަތަކެކޭ ބުނުމުން، އެއަށް ޖަވާބުދޭން ސިފައިންނެއް އަޅުގަނޑުމެން ނުނެރެން: އާޒިމާ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި، އަދުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ދިވެހި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ވިދާޅުވެ، ސިފައިންނަށް ކުޑައިމީސް ކުރެއްވުމުން، އެކަން ދިފާއު ކުރައްވަން ވާހަކަ ދައްކަވަން ސިފައިން ނުނެރުއްވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ޢާޒިމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ކުރިން ދިވެހި ސިފައިންނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އެއީ، ދިވެހި ސިފައިންނަކީ ބަލި ފިނދަނަ ތަކެކޭ މާރިޔާ ވިދާޅުވުމުން، އެކަން ދިފާއު ކުރަން، ޔުނީފޯމު އެޅި ސިފައިން ނުނެރެއްވާ ކަމަށެވެ. އަދި އެއީ ސިޔާސީ ބޭފުޅުން ދެއްކި ވާހަކައަކަށް ވާތީ، އެ ވާހަކަ ތަކަށް ރައްދުދީ ސިފައިންގެ ދިފާއުގައި ނުކުތީ އެބޭފުޅުން ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ. 

އެފަދައިން ކަން ނުކުރެއްވީ ސިފައިންގެ މުއައްސަސާ ސިޔާސީ ނުކުރަން ކަމަށް އާޒިމާ ވިދާޅުވި އެވެ. 

"ސިފައިންގެ އަކީ ގައުމީ ސަލާމަތުގެ އެންމެ ފުރަތަމަ މުއައްސަސާ. ސިފައިން ސިޔާސީ ނުކުރައްވާ." ޢާޒިމާ ވިދާޅުވި އެވެ. 

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމުން، އެމްޑީޕީއިން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވަމުން ދިޔަ ޖަލްސާތަކުގައި މާރިޔާ ވަނީ ދިވެހި ސިފައިންނަކީ ފިނޑި ފިނދަނަ ތަކެކޭ ވިދާޅުވެފައެވެ.

އަދި 3 ނޮވެމްބަރު ގައި ދިވެހި ސިފައިން ބިރުން ފިލީ ކަމަށާއި ރާއްޖެ ސަލާމަތްކުރީ އިންޑިއާ ސިފައިން ކަމަށް ބުނެ ދިވެހި ސިފައިންގެ ގަދަރާއި ކަރާމަތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކާފައިވެއެވެ.

އޭރު އެވާހަކަތަކަށް ރައްދު ދެއްވީ އެމްޑީޕީ އާއި އިދިކޮޅު ސިޔާސީ ލީޑަރުންނެވެ. 

އެހެންނަމަވެސް، މިއަދު ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި މައްސަލާގައި، އިންޑިއާ ސިފައިން ރާއްޖޭގައި ބެއިތިއްބުމަށް ވެފައިވާ އަޑިނޭނގޭ އެއްބަސްވުން ތަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިދިކޮޅުުން ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވަން ގައުމީ ޓީވީ، ޓީވީއެމްގައި ވާހަކަދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުالله ޝަމާލްއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ ސިފައިންނަށް އަމާޒުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.