ޝިޔާން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Sep 2023 | 12:22
އެމްޑީޕީއާއި ފެޔަށް ޖެހުނު މެމްބަރުންނަށް ވެސް ރަނގަޅުވާނީ ޕާޓީގެ ވެރިކަމެއް އޮތުން: ޝިޔާން

އެކި ސަބަބުތަކާއި ހުރެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ފެޔަށް ޖެހުނު މެމްބަރުންނަށް ވެސް ޕީޕީއެމްގެ ވެރިކަމަށް ވުރެ ދެން ވެސް ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެއް އޮތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕޫގެ ދެ ރައީސުންގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ޕާޓީ ދޫކޮށް ދިޔަ މެމްބަރުންނަށް އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ދައުވަތުއަރުވާ، އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާންގެ ވާހަކަ ފެއްޓެވީ ޑިމޮކްރަސީ ރާއްޖެއަަށް ގެނައުމަށް މާޒީގައި އެމްޑީޕީން ކޮަށްފައިވާ ބުރަ މަސައްކަތްތަކުގެ ހަނދާންތައް އާކޮށްދެއްވަމުން ނެވެ. އޭނާ ވިދާޅުވީ އެ ޕާޓީއަކީ ރާއްޖޭގައި އޮތް 30 އަހަރުގެ ދިގު ވެރިކަން ބަދަލުކޮށް، ރާއްޖެއަށް ޑިމޮކްރަސީ ގެނައި ޕާޓީ ކަމަށެވެ. 

ޝިޔާން ވިދާޅުވީ އެމްޑީޕީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޕާޓީއަށްވީ އާންމު މެމްބަރުންގެ ސަބަބުން ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުންދާއިރު، އެކި ސަބަބުކަތާއި ހުރެ އެމްޑީޕިއާއި ދުރަށް ދިޔަ ފަރާތްތަކަށް ވެސް އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ގޮވާލައްވާކަމަށް ޝިޔާނު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ކޮންމެ ގޮތަށް ވީ ނަމަވެސް، އެމްޑީޕީގެ އާންމު މެމްބަރުންނަށް ޕީޕީއެމްގެ ވެރިކަމަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅުވާނީ އެ ޕާޓީގެ ވެރިކަމެއް އޮތުން ކަމަށެވެ. 

"އަޅުގަނޑު ގޮވާލަން ބޭނުން ވަނީ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޑީޕީއާ އޭރުގައި ފެއަށް ޖެހިފައި ތިބި ފަރާތްތަކާ އެރުގައި އެކިއެކި ސަބަބުތަކާ ގުޅިގެން ދުރަށް ގޮށްފައިވާ ފަރާތްތަކާއި ވަޑައިގަންނަވާށޭ! ޕީޕީއެމްގެ ވެރިކަމަށް ވުރެ ދެން ވެސް ތިބޭފުޅުންނަށް ރަނގަޅުވާނީ އެމްޑީޕީއަށް ވެރިކަން ލިބިގެން"

ތޮއްދޫ މެމްބަރު ޝިޔާން 

ޝިޔާން އިތުރަށް ވިދާޅުވީ މި ފަސް އަހަރު ދުވަހުގައި ރާއްޖޭގައި ޤާއިމްވެގެން ގޮސްފައިވާ އަމާން އޮމާންކަން މި ގޮތުގައި ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމުގައި ބެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. 

އެހެން ކަމުން މި ވެރިކަން ދެމެހެއްޓުމަށް، އެމްޑީޕީގެ އާންމު މެމްބަރުން އަލުން އެކައްޗެއް ކިޔާ، މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި އެމްޑީޕީއާއި ދުރަށް ދިޔަ ފަރާތްތައްވެސް އަނބުރާ ވަޑައިގެން މި މަސައްކަތުގައި ބައިވެރިވެދެއްވުމަށް ގޮވާލައްވާކަމަށް ޝިޔާން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.