ޑރ. ޝަހީމް ޢަލީ ސަޢީދު
ހަބަރު
14 Sep 2023 | 13:13
ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ: ޝަހީމް

ހަރުކަށި ފިކުރާ ގުޅުވައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ގުޅޭގޮތުން އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކޮންމެ ދުވަހަކުހެން ދައްކަވަމުން ދިޔަ ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މިފަހަރުގެ ރިޔާސީ އިންތިހާބުގެ މުޅި ކެމްޕެއިން ސްޓްރެޓެޖީ އޮތީ ޑރ. މުއިއްޒު އަށް އެންޓި ކެމްޕެއިން ކުރުމަށްކަން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން ނެވެ. 

ޚާއްޞަކޮށް، ރައީސް ޞާލިހު ގެ ކެމްޕެއިން އޭޖެންޓު މާރިޔާ އަހުމަދު ދީދީ ކޮންމެ ދުވަހަކުހެން މީޑިއާތަކާއި ބައްދަލުކުރައްވައި ދައްކަވަނީ ޑރ. މުއިއްޒުގެ ވާހަކަ އެވެ. އެގޮތުން ފުރަތަމަ ދުވަސްކޮޅު މުއިއްޒުއާއި ގުޅުވައި އެކި ކަހަލަ ތުހުމަތުތައް ކުރައްވަމުން ދިޔައިރު، ފަހުން މުޢިއްޒުގެ އަނބިކަނބަލުންނަށް ނިސްބަތް ކުރައްވައިވެސް ދޮގު ތުހުމަތުތައް އައީ ކުރައްވަމުންނެވެ. މީގެ އިތުރުން އެމްޑީޕީން ބޭއްވި މާލޭ ބޮޑު ޖަލްސާގައި ވެސް މާރިޔާ ވަނީ މުޢިއްޒަށް ނިސްބަތްކުރައްވާ އެކި ތުހުމަތުތައް ކުރައްވާފައެވެ. 

އެހެން ކަމުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ނަތީޖާ ދަށްވި އެއް ސަބަބަކީ އެންޓި-ކެންޕެއިން ކުރުން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

އެކަމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަރުކަށި ފިކުރާ ގުޅުވައިގެން ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާގެ އިންސާނީ ކަރާމަތަށް އުނިކަން ގެނުވައި ސަލާމަތަށް ނުރައްކާވާގޮތައް ކޮންމެ ދުވަހަކުހެން މާރިޔާ ދައްކަމުން ދިޔަ ދޮގުވާހަކަތައް ތަކުރާރުވާ ނަމަ ދެވަނަ ބުރުގައިވެސް އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ ކަމަށެވެ. 

ކޮމެންޓް
ދިވެހި ޒުވާނުން
ދޮގު ތިހަދަނީ މުޅިންވެސް ޝަހީމުވެސް ތިހަދަނީ ހަމަ ދޮގު
14 Sep 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.