އެމްޑީޕީ ކަންމަތީ ބައްދަލުވުމުގައި މޫސާ މަނިކު ވާހަކަދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
14 Sep 2023 | 13:41
އިންޑިއާ ސިފައިން ބޭލޭނީ ޑޮކްޓަރުންނާއި ޓީޗަރުންނާއި ވެސް އެކު، ދެން ކިހެނެއްތޯ ވާނީ؟ : މޫސަ

ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދެން މި ގައުމުން ބޭލޭނީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޑޮކްޓަރުންނާއި ޓީޗަރުންނާއި ވެސް އެކުގައި ކަމަށާއި، އެހާ ހިސާބުން ދެން ވެދާނެ ގޮތަކާއި މެދު ވިސްނަން ޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ. 

މޫސާ މަނިކު މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މައްސަލައާއި ގުޅިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުން ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅެއްގަ އެވެ.

އެގޮތުން އެ މައުލޫގައި އޭނާ އެންމެ ފުރަތަމަ ވެސް ވިދާޅުވީ ގަވައިދާއި ޚިލާފަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އިދިކޮޅުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެކަން ދާދި ފަހުން ސިފައިންގެ ޖެނެރަލުންތަކެއް ދިން އިންޓަވިއުތަކެއްގައި ވެސް ހާމަވެފައިވާ ކަމަށެވެ. 

އިންޑިއާ ވިޔަސް އަދި އެހެން ގައުމެއްގެ ސިފައިންނަަށް ވެސް ރާއްޖޭގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެންކަމަށާއި، މިހާތަނަށް އެފަދަ ހުއްދައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ނުވާކަމަށް މޫސާ މަނިކު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ހުއްދަ ނެތި ރާއްޖޭގައި އިންޑިއާ ސިފައިންނަށް ހަރަކާތްތެރި ނުވެވޭނެކަމީ ފެންނަން އޮތް ހަގީގަތެއްކަމަށް ވެސް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އިންޑިއާ ސިފައިން އިދިކޮޅުން އެ ބުނާ ގޮތަށް ތިބި ނަމަވެސް އެމީހުން ރާއްޖެއިން ބޭލުމަކީ ފަސޭހަ ކަމަކަމަށް ނުވާނެ ކަމަށެވެ. 

އެއާއެކު އޭނާ ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ދިމާކޮަށްފި ނަމަ ދެން ވެދާނެ ގޮތްތައް ކަމަށް އެބޭފުޅާއަށް ވިސްނިވަޑައިގަންނަވާ ބައެއް ކަންކަން ހިއްސާ ކުރައްވާފަ އެވެ. 

އެމްޑީޕީގެ ޖަލްސާއެއްގައި މޫސަ ވާހަކަދައްކަވަނީ

"އަޅުގަނޑުމެން ދެކުނީމު އެގޮތަށް އެއްޗެހި ކިޔައިގަނެގެން އެންމެ ފަހުން އިންޑިއާ އެމްބަސީ ހުރެފަ މި ރާއްޖޭގައި ބަޣާވާތަކުން ވެރިކަން ވެއްޓުނީމަ، އެތައް ދުވަހެއް ވަންދެން އިންޑިއާއަށް މީހަކަށް ދެވެނީ އެއް ނޫން. ބޭހެއް ކުރެވެނީ އެއް ނޫން. ފިޔައެއް ނުގަނެވޭ. ކުކުޅުބިހުގެ ދެ ގޮބަޅި ލައިގެނެއް ނައި މާލެއަކަށް. އަޅުގަނޑަށް ހީވަނީ އިންޑިއާ މީހުން މިތަނުން ބާލާކަމަށް ވަނީނަމަ ބާލަން ޖެހޭނީ ފުރަތަމަ ޓީޗަރުން. ދެން ކިޔަވާ ދޭނެ ކުއްޖަކު ނޯންނާނެ. ބާލަން ގޮވާލާއިރު ފަޅާފަ ޑރ ގޮސްފިއްޔާ ކިޑްނީގެ އެއްބައި އޮންނާނީ ފަޅާފަ އެމީހާ ވާނީ މަރު. ބާލަންޏާ ބާލަން ޖެހޭނީ އެގޮތަށްތާ. އަޅުގަނޑުމެން ނުދަންނަން ދެން އެހެން ގޮތަކަށް ބާލާ ގޮތްގޮތެއް"

ރީކޯ މޫސާ މަނިކު

މި ސަރުކާރުން އިންޑިއާއާއެކު ތަފާތު ގިނަ އެއްބަސްވުންތަކެއް ހަދާފައިވާއިރު، އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ކަންތައްތަކެއް ހިމަނާފައިވާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުން ނެވެ. 

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށް އެ ގައުމުގެ 24 ސިފައިން ރާއްޖޭގައި ތިބިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން އުތުރުތިލަފަޅު އެއްބަސްވުމުގެ ހަށުންނާއި، ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަކަމަށް ގިނަ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާމަކުރުމަކީ ޤައުމީ ސަލާމަތަށް ކުރައްވާނެ ކަމެއްކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީން އެ މައުލޫމާތުތައް ހާމަކުރުމަށް ދެކޮޅު ހަދާފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރި ވަމުން ނުދާކަމަށް ބުނެފަ އެވެ. 

އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް ސަރުކާރުން ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އަންދާޒާކުރި ވަރަށް ވުރެ ދަށް ނަތީޖާއެއް ލިބިގެން ދިޔަ މައިގަނޑު ސަބަބަކީ ގަވައިދާއި ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިންޑިއާ ސިފައިންގެ މައްސަލައިގައި އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް އެކަށީގެންވާ ރައްދެއް ނުދެވުމުންކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފައިވަނިކޮށެވެ. 

ކޮމެންޓް
ކިނބޫ
ޓީޗަރުންނާއި ޑޮކްޓަރުންނާއި ވެއިޓަރުންނާއި މަގު ހެދުމާއި އެހެނިހެން މަސައްކަތަށް ލޭބަރުންގެ ގޮތުގަވެސް މިހާރު ގެންނަނީ އިންޑިއާގެ ރޯއިން ކަމަށް ދިވެހި ރައްޔިތުން ދަނީ ބުނަމުން. އެކަން ރީކޯ މޫސާ މަނިކު އެއޮތީ ޔަގީންކޮށް ދީފަ.
14 Sep 2023
ކަލޯ
ދެން ރިސޯޓް ހުއްޓޭނީ! ސަރުކާރަށް ދައްކަންވެފަ ހުރި ފައިސާ ނުދެއްކީމަ ރިސޯޓް އަތުލާނީ !! ސާފު ދޯ؟؟ އިންޑިޔާ އަކީ ކަލޭގެ ރިޒްގް ދޭ ފަރާތެންނު!!
15 Sep 2023
ސޯލިހެއްނޫން ސޮހޮލެއް
އިންޑިއާ ސިފައިން އެބަތިބިކަމައް އެއްބަސް ވެވުނީނުތި ނެނގިނަމަވެސް. ތިހަމަ އަނެއް ގަމާރު. ޒަމާނަކުން އައި ގަމާރެކޭ އެ ކިޔަނީ މިހެންވީމަ. ދެން ހަމަ މިކަހަލަ އެހެލާފަ ތިބި ގަމާރުން ކައިރިކުރަނީ ވެސް
18 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.