ހަސަން ޝިޔާން
ހަބަރު
15 Sep 2023 | 08:23
އަޅުގަނޑަކީ ފައިސާ އަށް ވިކޭނެ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ހަސަންއަަށް: ޝިޔާން

އޭނާ އަކީ ފައިސާއަށް ވިކޭނެ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގިލައްވާނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެ އެވެ. 

މެންބަރު ޝިޔާން މިފަދައިން ވިދާޅުވީ، ޝިޔާން ފައިސާއަށް ލެނބުނަސް، ދަ ޑިމޮކްރެޓްސް ގެ މެންބަރުން ނުލެނބޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވުމާއި ގުޅިގެން ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ޝިޔާން ވިދާޅުވީ، އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް އޭނާ ވަޑައިގެންނެވީ ހުސް އަތާ ކަމަށެވެ. އަދި ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެނބުރި އެމްޑީޕީ އަށް ވަޑައިގެންނެވީވެސް ހުސް އަތާ ކަމަށް ޝިޔާން ވިދާޅުވި އެވެ.

"އަޅުގަނޑަކީ ފައިސާއަށް ވިކޭނެ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ޑިމޮކްރެޓްސް ގެ މުއައްސިސް ހަސަން ލަތީފް" ޝިޔާން ވިދާޅުވި އެވެ. 

ބުދަ ދުވަހުގެ ރޭ ސޯސަންމަގުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާން ވަނީ އެކި ސަބަބުތަކާއި ހުރެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ފެޔަށް ޖެހުނު މެމްބަރުންނަށް ވެސް ޕީޕީއެމްގެ ވެރިކަމަށް ވުރެ ދެން ވެސް ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެއް އޮތުންކަމަށް ވިދާޅުވެ، އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ދެވަނަ ދައުރެއް ހޯދުމަށް ވަޑައިގެންނެވުމަށް ޑިމޮކްރެޓްސް އަށް ދައުވަތު ދެއްވާފައެވެ. 

އެކަމަށް ރައްދު ދެއްވާ ހަސަން ލަތީފް ވިދާޅުވީ، ގިޓާމެން އެކަހަލަ ވާހަކަތައް ދައްކަވަނީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން ކަަމަށެވެ.

"ރައީސް ސޯލިހަށް ވެސް އެނގިވަޑައިގަންނަން ވާނެ ގިޓާ މެން ކަހަލަ ބޭފުޅުން ކޮޅަކަށް އެ ދެއްވި އެއްޗެއް ދެއްވައިގެން އެކުދިން ލައްވާ ތިޔަކަހަލަ ވާހަކަތައް ދެއްކުވިޔަސް ޑިމޮކްރެޓްސްގެ މެމްބަރުންނާއި ސަޕޯޓަރުން އެމްޑީޕީއަށް އަދި އެހާ ފަސޭހައިން ނުލެނބެވޭނެ" ހަސަން ވިދާޅުވި އެވެ.

ކޮމެންޓް
ހަސަން
ދެން ކީކޭ ބުނާނީ. ކޮބާ 10 މިލިއަން ކޭޝް ކޮށް ނެގި
15 Sep 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.