ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް
ހަބަރު
17 Sep 2023 | 05:33
އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރާނީ 5 ލަނޑު 2 ލަނޑުން: ރައީސް ޞާލިހު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ 5 ލަނޑު 2 ލަނޑުން ކުރި ހޯއްދަވައިގެން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މިރޭ ސޯސަން ޖަގަހައިގައި ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސްވަނީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ފަރާތްތައް އެތަނުން ފެނިގެންދިޔުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއްކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ، މެޗްގެ ފުރަތަމަ ހާފް ނިމިއްޖެކަމަށާއި ބައެއް ފަހަރު ފުރަތަމަ ހާފުގައި ތިން ލަނޑު އެއް ލަނޑުން، ހަތަރު ލަނޑު އެއް ލަނޑުން ބަލިވެ, އިދިކޮޅު ޓީމު މޮޅުވާކަމަށެވެ. އެގޮތުން މިހާރު އެމްޑީޕީގެ ކޯލިޝަން މިއޮތީ ތިނެއް އެކެއްގެ ތަފާތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ދެވަނަ ހާފުގައި ނިކުމެ މޮޅުވާނެކަމަށާއި ހާފް ޓައިމުގައި ޗޭންޖިންގ ރޫމަށް ވަދެ ކަންކަން ރާވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ދެ ވަނަ ހާފްގައި އަޅުގަނޑުމެން ނިކުމެ ނަތީޖާ ހަމަހަމަކޮށް އިތުރު ދެ ލަނޑުޖަހާ ފަސް ލަނޑު ދެލަނޑުން އިރާދަކުރެއްވިއްޔާ މިމެޗް އަޅުގަނޑުމެން ކާމިޔާބުކުރާނަން. ހާފްޓައިމްގައި އަޅުގަނޑުމެން ޗޭންޖިން ރޫމަށް ވަދެ ރާވާލައިފިން. ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެ ގޮތް އިންތިޒާމު ކޮށްލައިފިން. ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުވެސް ކޮށްލައިފިން. ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިޔަށް ނެރެފިން. މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލު ދެން ޖަހާނީ. ގޯލަކަށްފަހު ގޯލެއް. ގޯލަކަށްފަހު ގޯލެއް އަޅުގަނޑުމެން ޖަހާނީ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް 

މިރޭގެ ޖަލްސާގައި ރައީސް ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވައުދުތަކަށް ފާޑުވިދާޅުވެ، އެއީ އެއްވެސް ޕްލޭނެއް ރޭވުމެއްނެތި ވަމުންދާ ވައުދުތަކެއްކަމަށާއި މަގްސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އަނެއްކާވެސް އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގައި ބިރުވެރިކަމާއި ނާމާންކަން ފެތުރުންކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ފިނިހަކަ
ރީ ރެޖިސްޓްރޭށަން އޮޅުވާލާ ކާޑްތައްގަނެ ނިމުނީތޯ މިހާރު
17 Sep 2023
ހާއުފާ
ފޯވާޑަށް ކުޅެގެން ވާން އެބައޮތްތަ؟
17 Sep 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.