ޔާމީން ސަރުކާރުގައި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަހުމަދު މުހައްމަދު.-- ޓްވީޓާ ފޮޓޯ
ހަބަރު
17 Sep 2023 | 07:57
"އުތުރުތިލަފަޅު ހަދަން އިންޑިއާއަށް ދިނީ ކުރީގެ ސަރުކާރުން ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް"

ކ. އުތުރު ތިލަފަަޅުގައި ތަރައްގީ ކުރަމުންދާ "އެކަތަ" ބަނދަރު ހަދަން އިންޑިއާއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށް އެ ސަރުކާރުގައި އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. 

އުތުރު ތިލަފަޅާ ގުޅިގެން ދެކެވޭ ވާހަކަތައް ރައްދުދީ އެމްއެންޑީއެފްއިން ނެރެފައިވާ ބުނެފައިވާގޮތުން އުތުރުތިލަފަޅާ ގުޅިގެން ދިވެހި ސަރުކާރުން އިސް ނަގައިގެން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާކުރީ 2013 ގައި އޭރުގެ ދިފާއީ ވަޒީފު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އަދި އެ ދަތުރުފުޅުގައި، އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއުއެއް ހިންގުމަށް ދިވެހި ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހެޅި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރެވުނު "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން" ގައި ވެސް އިންޑިއާއާއެކު އުތުރު ތިލަފަޅުގައި އަސްކަރީ މަޝްރޫއެއް ހިންގަން ވަނީ އެއްބަސްވެފައި ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު އުތުރުތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށް ހަމަޖައްސާފައިވެ އެވެ." އެ ބަޔާނުގައިވެ އެވެ.

މި ވާހަކަތަކާއި ގުޅިގެން ސަފީރު އަހުމަދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށެވެ.

"އިންޑިއާ އިން ހުށަހަޅާފައިވާ ގޮތަށް އުތުރު ތިލަފަޅުގެ އެކްސްކުލޫސިވް ރައިޓްސް އެގައުމަށް ދެވެން ނެތް ކަމަށް ރައީސް ޔާމީންގެ ސަރުކާރުން، ޖެނުއަރީ 2018 ގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް އަންގާފައިވާނެ. އެއަށްފަހު ޔާމީން ސަރުކާރު ނިމުނުއިރުވެސް އިތުރު އެހެން މަޝްވަރާއެއް ކޮށްފައެއް ނުވާނެ." އަހުމަދު ވިދާޅުވި އެވެ.  

ކޮމެންޓް
އަހުމަދު
ދިވެހި އަސްކަރިއްޔާ ސިޔާސީކޮށް، ސަރުކާރުން ހިންގާ ޖަރީމާތަކުން ރެކެންވެގެން މި ވުޒާރާލައްވާާ ބަޔާން ނެރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
17 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.