ރޭގެ ބައްދަލުވުމުގައި މައުރޫފު ވާހަކަދައްކަވަނީ--
ހަބަރު
17 Sep 2023 | 11:43
މަޑުޖެހިލީ ހާސްވެގެނެއް ނޫން، ރާޒުވާ ކުޅިބައި އަތުރާލަން ރައީސް ޞާލިހަށް ވަގުތުކޮޅެއް ދިނީ: މައުރޫފު

ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން ކަމަށާއި ރާޒުވާ ކުޅިބައި އަތުރާލަން އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަގުތުކޮޅެއް އެރުވީކަމަށް އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސޯސަން ޖަގަހައިގައި އާއްމުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން މި މަޑުޖެހިލީ ހާސްވެގެންނެއް ނޫން އެނގޭތޯ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކީ ރާޒުވާ ކުޅެން ވަރަށް މޮޅު ބޭފުޅެއް. އެހެންވީމާ އެމަނިކުފާނަށް ރާޒުވާ ކުޅިބައި އަތުރާލަން އަޅުގަނޑުމެން މި ވަގުތު ކޮޅެއް ދިނީ. މިހާރު އެމަނިކުފާނު އެ ނުކުންނަވަނީ، ކޯލިޝަންއާއި އެކީގައި ނުކުންނަވަނީ އިރާދަކުރެއްވިޔާ ދެވަނަބުރު ބޮޑުތަނުން ކާމިޔާބު ކުރަން."

އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް

މިއާއެކު މައުރޫފް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކުރަސީ ގެނެސް، އިންސާނީ ހައްގުތައް ކަށަވަރު ކޮށްދީ، އަމާން ކަމާއި ސުލްހަވެެރިކަން ގެނެސްދިން ޕާޓީ އެއް ކަަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގައި ސުލްހަ ގާއިމް ކުރެވޭނީ އެ ޕާޓީ އަށް ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އެހެންކަމުން އެމްޑީއޭ އޮތީ "އެމްޑީޕީ އާއެކު ގަދަކޮށް" ކަމަށާ، ދެވަނަ ބުރުގައި ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނީ އެ ޕާޓީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުރޫފު އިތުރަށް ވިދާޅުވީ، އެމްޑީޕީއާއި އެމްޑީއޭގެ ކޯލިޝަން ނުރޫޅޭ ކަމަށާ، ރައީސް ޞާލިހުއާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުއާ އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަަމަށެވެ. އެހެންކަމުން އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައިވެސް ހުރި ޖަގަހަ ތަކުގެ ކެންޕެއިން ހަރަކާތްތައް ވަރުގަދަ ކުރުމަށް އޭނާ ވަނީ އެދިލައްވާފައެވެ. 

މިހާރު އެމްޑީޕީ ފެންނަނީ އެމްޑީޕީގެ އަސްލު ގޮތުގައި ކަމަށާއި އެމްޑީޕީގެ ރޫހުގައި ނުކުމެއްޖެ ނަމަ މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.