އީވާ އަބްދުالله އާއި ރޮޒައިނާ އާދަމް--
ހަބަރު
17 Sep 2023 | 15:34
ރޮޒައިނާ، އީވާއަށް: ރީ-ރެޖިސްޓާރ ކުރާ މީހުން ގިނަވުމަކީ ހަމަ އެހާ ހައިރާންވާންޖެހޭ ކަމެއްތޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓާރ ކުރި މީހުންގެ އަދަދު ކުއްލިއަކަށް މަތިވުމަކީ ހަމަ އެހާ ހައިރާންވާންޖެހޭ ކަމެއްތޯ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ ނާއިބު ރައީސާ އީވާ އަބްދުالله އާ ސުވާލުކުރައްވައިފި އެވެ. 

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން ހުޅުވާލެވުނުފަހުން، މިހާތަނަށް 25,000 އަށްވުރެ ގިނަ މީހުން ވޯޓުލާން ރީ-ރެޖިސްޓާރ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ. 

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަން އަށް ހުޅުވާލުމާއެކު، ފުރަތަމަ ދުވަހު 9206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅި ކަމަށާ، އަދި ދެވަނަ ދުވަހު 16287 ފޯމު ހުށަހަޅާފައިވާ ކަމަށެވެ

"މިހާތަނަށް ޖުމްލަ 25493 ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވޭ." ހަބީބު ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލުމަށް ރީ ރެޖިސްޓާ ކުރަން ޝައުގެއް ނެތުމަށްފަހު، ކުއްލިއަކަށް ދެވަނަ ބުރުގައި ރީ ރެޖިސްޓާ ކުރި މީހުންގެ އަދަދު މަތިވުމުން ސުވާލު އުފެދޭ ކަމަށެވެ. 

ވަކިން ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިންގެ ތެރޭގައި، ރިޝްވަތާއި، ކޮރަޕްޝަނާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ފަދަ ކަންކަން ހިމެނޭއިރު، މިފަދަ ކަންކަމާއިމެދު އިލެކްޝަންސް ކޮމިޝަނުން ފަރުވާ ކުޑަ ކޮށްލައިގެން ނުވާނެ ކަމަށްވެސް އީވާ ވިދާޅުވި އެވެ. 

އީވާގެ ވާހަކަ ތަކަށް ރައްދުދެއްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ, ރީ ރެޖިސްޓާ ވި މީހުންގެ އަދަދު މަތިވުމަކީ ހަމައެހާ ހައިރާންވާންޖެހޭ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. 

"މީހުން ކުރިން ރީ ރެޖިސްޓާ ނުކުރީ ފުރަތަމަ ބުރުގައި ރައީސް ޞާލިހު މޮޅު ވާނެ ކަމަށް ދެކެގެން. އެކަމަކު، ގައުމު ގައްދާރުންގެ އަތް މައްޗަށް ގޮސްދާނެތީ މިހާރު އެމީހުން އެ ތިބީ ބިރުގަނެ ފައި. މިކަމާމެދު ތިބޭފުޅާ (އީވާ) ކަންބޮޑުނުވާތީ އަހަރެން ހައިރާންވަން. ޒާތީ ހަސަދަ އެ ހުރިހާ ކަމަކަށްވުރެ (އީވާ އަށް) މުހިންމުވީތޯ؟" ރޮޒައިނާ ވިދާޅުވި އެވެ. 

ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު، މީހުންނަށް ނޭނގި ރީ ރެޖިސްޓާވާ ވަރަށް ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އަދި އެފަރާތްތަކުން އަންނަނީ މީސް މީޑިއާގައި އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެ މައްސަލައިގައި އިދިކޮޅުުން ވަނީ، އެއީ ރައީސް ޞާލިހު ބަލިވާނެ ކަން އެނގުމުން އިންތިހާބު ވަގަށް ނަގަން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. 

ކޮމެންޓް
ސަރުބަ
ވަގަށް ނެގި މައްސަލަތައް ކޯޓުތަކުގަައި އެބަ ހިނގައެއް ނޫންތޯ؟
17 Sep 2023
ނާޝިޒު
މީނަ އަނެއްކާ ނިކުތީތަ؟ އެމްޑީޕީގެ ހަލާކަކީ މިއަނގަގޯލު. މީތި ފައްސާލަން އެންމެން ނިކުންނަން އެބަޖެހޭ މިހާރުން މިހާރަށް
17 Sep 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.