މޫސުން ގޯސް ދުވަހެއް--
ހަބަރު
18 Sep 2023 | 09:02
ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފި

ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ސަމާލު ނެރިފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ.

އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:15 އިން މެންދުރުފަހު 13:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އެ އޮފީހުން ލަފާކުރެއެވެ.

މިއަދު ހަވީރު 6 އާއި ހަމައަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދު އެއްކޮށްވެސް، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށާ އަދި މެދު ރާއްޖެތެރެއާ އުތުރުގެ ބައެއް އަތޮޅު ތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މީގެ އިތުރުން ދެކުނާއި މެދު ރާއްޖެތެރެއަށް އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ވެސް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން މޫސުމަށް ސަމާލު ވުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.
11 Aug 2026
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 51 އިންސައްތަ އިތުރުކޮށްފި
ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން
11 Aug 2026
އެމްއެންޔޫގެ ދެވަނަ ސެމިސްޓަރަށް ގުޅުނު 1400 ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވައިފި
މި ޕްރޮގްރާމުގެ ފެށުމުގެ ތިން ދުވަހުގައި މައިގަނޑު ގޮތެއްގައި ބާރު އެޅީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބަދަލުގައި ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށެވެ
11 Aug 2026
ހިރިމަރަދޫ ކައުންސިލް އަލުން އިޢާދަކޮށް އިންތިޚާބު ބާއްވަން އެމްޑީޕީން ގޮވާލައިފި
ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ކައުންސިލް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުވާލާފައިވާތީ، އެކަން ބާޠިލުކޮށް ރަށު ކައުންސިލް އަލުން އިޢާދަކުރުމަށްފަހު އިންތިޚާބު ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
11 Aug 2026
މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދެވޭނެ: އިހްސާން
އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ, މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
11 Aug 2026
އޭއައި މޮޑެލްތައް ކޮންޓްރޯލުން ނެއްޓެމުންދާ ހާދިސާތައް
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އޯޕަންއޭއައި، މެޓާ، އެންތްރޮޕިކް އަދި އިނގިރޭސިވިލާތުގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓް (އޭއައިއެސްއައި) އިން ވެސް އެ ފަރާތްތަކުގެ އޭއައި މޮޑެލްތައް ކަނޑައެޅިފައިވާ އިމުން ބޭރުވި ހާދިސާތައް ހާމަކޮށްފިއެވެ.
11 Aug 2026
121 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގަތް
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި 121 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
11 Aug 2026
ޕީޖީ އޮފީހުގެ ޑިޖިޓަލް މަޝްރޫޢު "ޕީޖީއޯ 2.0" އިފްތިތާޙް ކޮށްފި
މި މަޝްރޫޢުގެ ދަށުން ޕީޖީ އޮފީހުގެ އެންމެހައި މަސައްކަތް އެއްކޮށް ޑިޖިޓައިޒް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ޕްރޮސިކިއުޝަން މަސައްކަތަށް ޚާއްޞަ ސޮވްރިން އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކުރަން ފެށުމާއި ކޭސް މެނޭޖްމަންޓް ސިސްޓަމުގެ ތެރެއަށް އެ ޓެކްނޮލޮޖީ ގުޅައިލުން ހިމެނެއެވެ.