ސިރާޖު
ހަބަރު
18 Sep 2023 | 19:52
"ހަމައެކަނި މެޑަމް ފަޒުނާއާ ޖެހުނީމާ، އެޗްއާރްސީއެމް ހޭލުމުން, ކޮމިޝަންގެ މިނިވަންކަން އޮތް ހިސާބު ފެނޭ!"

އިދިކޮޅު ފަރާތްތަކުގެ ކެންޕެއިނަށް ފުލުހުން ހުރަސް އަޅަމުންދިޔައިރު ހިޔުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމް ނިދާފައި އޮތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާ ޖެހުނު ހިސާބުން އެ ކޮމިޝަން ހޭލުމުން، ކޮމިޝަންގެ މިނިވަންކަން އޮތް ހިސާބު ފެންނަ ކަމަށް، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ. 

ސިރާޖު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް 2 ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި ކަމަށް ބުނެ އެކަން ކުށްވެރިކޮށް މިއަދު އެޗްއާރުސީއެމްއިން ބަޔާން ނެރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ސިރާޖު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ މިކެމްޕޭނު ތެރޭގައި އިދިކޮޅުން ރަށްރަށުގައި ދަމާފައި ހުރި ބެނާތައް ފުލުހުން ނަގައި، ކޯޓު އަމުރެއް ނެތި މީހުންގެ ގޭގެއަށް ވަދެ މީހުންގެ މުދާ އަތުލައި، ހައްޔަރުކޮށް އަނިޔާދިން އިރު އެޗްއާރްސީއެމް އޮތީ ގަދަ ނިދީގައި ކަމަށެވެ.

"(ނަމަވެސް) ފަސްޓްލޭޑީއާ ޖެހުނު ހިސާބުން ހޭލެވުނީމާ އެޗްއާރުސީއެމްގެ މިނިވަންކަން އޮތް ހިސާބު ފެނޭ." ސިރާޖު ވިދާޅުވި އެވެ. 

ސިރާޖު މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފުރަތަަމަ ބުރުގައި، އިދިކޮޅުުގެ ފަރާތުން ރަށްރަށުގައި ދަމާފައި ހުރި ބެނާ ތައް ނަގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެ ރަށްރަށަށް ވަޑައިގެންނެވުމުގެ ކުރިން މީހުން ހައްޔަރުކޮށް، އިހްތިޖާޖު ކުރާ މީހުންނާ ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރުމުން އެކަމާއިމެދު އެޗްއާރްސީއެމް އިން ބަހެއްވެސް ބުނެފައި ނުވާތީ ގިނަ ބަޔަކު އައީ ފާޑުކިޔަމުންނެވެ. 

ކޮމެންޓް
ސުމަން
އެންޓިކަރަޕްޝަން އަދި ހިއުމަންރައިޓުސް ކޮމިޝަންމީ އެއްވެސް ބޭނުންހިފޭ ތަނެއްނުން.މިހާރުން މިހާރަށް އުވާލަންވީ.ރައްޔިތުންގެ ފައިސާއިންކުރާ ބޭކާރު ޚަރަދެއް.
19 Sep 2023
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.