އަލީ ރަމީޒު/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
18 Sep 2023 | 19:06
ފުރައްސާރަކުރުމުން ލިބޭ ހިތްދަތިކަން މި އިހުސާސްކުރެވުނީ ތިމާއާއި އެކަން އަރާހަމަކުރީމަ: އަލީ ރަމީޒު

ތިމާ އަނެކާއަށް ކުރި ފުރައްސާރައިގެ ސަބަބުން އެމީހާއަށް ލިބުނު ހިތްދަތިކަމާއި އަނިޔާ މި އިހުސާސްކުރެވެނީ ތިމާއަށްވެސް އެފަދަ ފުރައްސާރައާއި ކުރިމަތިވުމުން ކަމަށް ދީނީ ކަންކަން ފެތުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ. 

އަލީ ރަމީޒު މިފަދައިން ވިދާޅުވެފައި ވަނީ ފަސްޓް ލޭޑި މެޑަމް ފަޒުނާ އަހުމަދު އެކަމަނާގެ ފިރިކަލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ހޯއްދެވުމަށް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގަތުމުން "ބާޣީ" އަށް ގޮވާ ފުރައްސާރަކޮށް ނުރައްކަލަށް ހުށައަޅާފައިވާކަމަށް އެކަމަނާ ވިދާޅުވުމުން، މީގެ ކުރިން އެކަމަނާގެ ފަރާތުން މީހުންނަށް އަމާޒުކުރި އެފަދަ އިހާނެތި ބަސްތައް ހަނދާންކޮށް ސޯޝަލް މީޑިއާގައި ހޫނު ބަހުސެއް ފަށާފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

މެޑަމް ފަޒްނާއާއި ދިމާލަށް "ބާޣީ" އޭ ގޮވާ އަޑުއުފުލާފައިވަނީ 1988 ވަނަ އަހަރު ފަޒުނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް އަޑީގައި ހުރެގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ތެރޭގައި ހިމެނޭ އަބްދުއްސައްތާރު އާދަމްގެ ދަރިއެކެވެ. 

އޭނާ އެފަހުން ކިޔައިދިން ގޮތުގައި ފަޒުނާއާއި ދިމާލަށް "ބާޣީ" އަށް ގޮވުނީ ފަޒުނާ ފެނުމުން އޭނާގެ ލޯ ކުރިމަތީގައި ޝަހީދުކޮށްލި އޭނާގެ ބައްޕަގެ ހަނދާންތައް އާވެ، ބައްޕަ ޝަހީދުކޮށްލި މަންޒަރު ހިތަށް ސިފަވުމުން ޖަޒުބާތުގައި ޖެހިގެންނެވެ. 

އެކަމާއި ގުޅިގެން މެޑަމް ފަޒުނާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ އެކަމަނާއަށް ބަޔަކު ފުރައްސާރަކޮށް، ރިޔާސީ ކެމްޕޭނަށް ނިކުމެވަޑައިގަތުމުން ބިރުދައްކާ ނުރައްކަލަށް ހުށައަޅާފައިވާކަމަށް ތުހުމަތުކޮށްފަ އެވެ. 

އެފަހުން ސޯޝަލް މީޑިއާގައި މެޑަމް ފަޒުނާ އެކި ފަރާތްތަކަށް ފުރައްސާރަކޮށް ރައްދުކޮށްފައިވާ ބަސްތަކާއި، ޓްވީޓުތައް ގިނަ ބަޔަކު ހިއްސާކުރަމުންދާއިރު، މެޑަމް ފަޒުނާއާއި އެމްޑީޕީން ކުރި ފުރައްސާރައިގެ ސަބަބުން ހިތްދަތިކަން ތަހަންމަލު ކުރަމުންދާ އެތައް ބަޔަކު ވަނީ އެ މީހުން އިހުސާސްކުރަމުންދާ ކަންކަމުގެ ވާހަކަތައް ވެސް ހިއްސާކުރަން ފައްޓާފައެވެ. 

އެކަމާއި ގުޅޭގޮތުން އަލީ ރަމީޒު ވިދާޅުވީ މިފަހަރު ފުރައްސާރަކުރުމުން ލިބޭ ހިތްދަތިކަން އިހުސާސްކުރެވުނީ އެފަދަ ކަމެއް ތަހަންމަލު ކުރަން ޖެހުމުން ކަމަށެވެ. 

"އެކިއެކި މީހުންނަށް ފުރައްސާރަކޮށް އުޅޭ ބައެއް މީހުންނަށް، ފުރައްސާރަކުރުމުގައި ހުރި ވޭނާއި ހިތްދަތިކަމާއި އަނިޔާވެރިކަން އިހުސާސް މި ކުރެވެނީ އެހެން ބަޔަކު ތިމާއަށް ފުރައްސާރަކުރީމަ އެވެ"

އަލީ ރަޒީމު

އެކަން ފާހަގަކުރައްވާ އަލީ ރަމީޒު ވަނީ އެއްވެސް މީހަކު އަނެކަކަށް ފުރައްސާރަ ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.