ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
18 Sep 2023 | 19:22
ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓުނަގަން ރައީސް ޞާލިހު އެއްބަސްވެއްޖެ

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ފަހު، ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދަ ޑިމޮކްރެޓްސްއަށް ހުށައަޅުއްވައިފި އެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެވޭނީ ގިނަ ބަޔަކު ގުޅިގެންކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް، މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވެފައެއް ނުވެއެވެ. އެހެންކަމުން މިހާލަތުގައި އެމްޑީޕީން ވަކިވެ އާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކޮށް ގިނަ ވޯޓުތަކެއް ހޯދާފައިވާ "ދަ ޑިމޮކްރެޓްސް" ގެ ރުހުން ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ރައީސް ޞާލިހަށް ވަރަށް މުހިންމުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. 

ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސްގެ އެންމެ ބޮޑު ޑިމާންޑަކަށް އޮތީ ނިޒާމީ ވޯޓު ނެގުމެވެ. 

މި ކަމާއި ގުޅޭގޮތުން ރައީސް ޞާލިހު މިއަދު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިޒާމީ ވޯޓު ނެގުމުގެ ކަންކަމާއި ގުޅިގެން އެމަނިކުފާނު ރައީސް ނަޝީދަށް ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައިވާ ކަމަށެވެ. 

ދަ ޑިމޮކްރެޓްސްއިން ބޭނުންވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށާއި، އަދި އެކަން މި މަހުގެ 25 ގެ ކުރިން ކުރުމަށް އެ ޕާޓީން ބޭނުންވާކަން ރައީސް ޞާލިހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އެއާއެކު ރައީސް ޞާލިހު ވިދާޅުވީ މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓެއް ނެގޭނެ ގޮތަކާއި ދޭތެރޭ މަޝްވަރާކޮށް ތާރީޚެއް ކަނޑައެޅުމަށް މިހާރު ހުށައަޅުއްވާފައިވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"އެއީ މިހާރު މަޖިލީހުގައި އެބައޮތް ނިޒާމާ ގުޅޭ ގަރާރެއް. އަޅުގަނޑު ދެންނެވިން އެ ފާސް ކޮށްފައި އަޅުގަނޑަށް ފޮނުވާށޭ. ފޮނުވީމާ އަޅުގަނޑު ލިޔުމަކުން އިލެކްޝަންސް ކޮމިޝަނަށް ރިކުއެސްޓު ކުރާނަމޭ މިވެނި ތާރީހެއްގައި އެ ވޯޓު ނަގައިދޭން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ޞާލިހު އެފަދައިން ވިދާޅުވުމުން ނޫސްވެރިއަކު ވަނީ މި ދައުރުގައި އެކަން ކުރައްވާނަންތޯ ސުވާލުކޮށްފައެވެ. އަދި އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނިމުމަށްފަހު ނޮވެމްބަރު 17 ގެ ކުރިން ނިޒާމީ ވޯޓު ނަންގަވަން އެއްބަސްވެވަޑައިގެން އެފަދައިން ހުށައަޅުއްވާފައިވާނެ ކަމަށެވެ. 

އޭގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ އެހާ ދުވަސްކޮށްފައި އެ ދެބޭފުޅުން ސިޔާސީ މަޝްވަރާއެއް ކުރުމަށް ވާހަކަފުޅު ދައްކަވާފައި ވީނަމަވެސް، ދުރުކަން އިހުސާސް ނުކުރެވޭކަމަށެވެ. އަދި އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށާއި، އެ ބާރު އޮތީވެސް ދަ ޑިމޮކްރެޓްސްގެ އަތްމަތީގައި ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އެމްޑީޕީއާއި ގުޅިގެން ދިއުމަކީ އެ ޕާޓީއަށް ލިބޭނެ ކާމިޔާބީއެއްގެ ގޮތުގައި ރައީސް ޞާލިހު ވަނީ ސިފަކުރައްވާފަ އެވެ. އަދި އެ ހިސާބުން ޕާޓީއަށް ލިބޭ ވޯޓު އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.