އީވާ އަބްދުالله-- ފޮޓޯ/ މަޖިލިސް
ހަބަރު
19 Sep 2023 | 09:38
ރައީސް ސާލިޙަށް އިތުބާރެއް ނުކުރަން؛ ފަހުން ނިޒާމީ ވޯޓެއް ނަގަން އެމަނިކުފާނު ފުރުސަތެއް ނުދޭނެ: އީވާ

ދަ ޑިމޮކްރެޓްސްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިތުބާރު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.

ރޭ ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ސަރުކާރާއި ގުޅޭނީ ނިޒާމީ ވޯޓު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން މި މަހުގެ 20ގެ ކުރިން އެއްބަސްވާނަމަ ކަމަށް ނިންމުމަށް އެދި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ޝިފާޒް (ޝިއްޕެ) ވަނީ ރޭގެ ކައުންސިލް ބައްދަލުވުމަށް ގަރާރެއް ހުށައަޅުއްވާފަ އެވެ.

އެ ގަރާރަށް ތާއިދު ކުރައްވާ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، މިމަހު 28 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން "އެއްބަސްވާނަމަ"އޭ އެ ގަރާރުގައި އޮތުމުން، ރައީސް ޞާލިހު އަށް ޑިމޮކްރެޓުން އިތުބާރު ނުކުރާ މިންވަރު ހާމަވާ ކަމަށެވެ. އެހެނީ، 30 ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން، ފެންނަ ނުފެންނަ ވޯޓުނަގަން މަސައްކަތް ނުކޮށްފި ނަމަ، އޭގެ ފަހުންވެސް ރައީސް ޞާލިހު އެކަން ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ އީވާ ވިދާޅުވި އެވެ. 

"28 ސެޕްޓެމްބަރު 2023 ގެ ކުރިން، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، އެމްޑީޕީން އެއްބަސްވާނަމަ، އޭގެން ދޭހަވަނީ، އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިތުބާރު ނުކުރާ ވަރު. އެއީ 30 ސެޕްޓެމްބަރު ގެ ރިޔާސީ ވޯޓުގެ ކުރިން މިކަން ކުރިއްޔާ ނޫނީ، އަޅުގަނޑުމެން އެއްބަހެއް ނުވާނަމޭ، އަދި އެކަން ކުރަން އުޅޭނެ ކަމަށްވެސް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. 

އީވާ އަބްދުالله 

އީވާ ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ވެސް، ދައުރުގެ ވަކި ހިސާބަކުން ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީ މެންބަރުންގެ އަރިހުގައި ވަޢުދުވެވަޑައިގެންނެވުމަށް ފަހުގައި ކަމަށެވެ. އެހެން ނަމަވެސް, ދައުރު ނިމިގެންދިޔަ އިރުވެސް، އެ ވައުދު ނުފުއްްދަވާ ކަން އީވާ ފާހަގަކުރެއްވިއެވެ. 

އަދި، މިދިޔަ އަހަރު ބޭއްވުނު އެމްޑީޕީގެ ކޮންގްރެސް އަށް ފަހުގައި ނިޒާމީ ވޯޓުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި ކަމަށާ، އެހެން ނަމަވެސް އެކަން ފެއްޓެވުމަށްފަހު، ފަހުން އެކަން ކުރިއަށް ގެންދަވާފައި ނުވާ ކަމަށް އީވާ ވިދާޅުވި އެވެ. 

އެފަދައިން ކަން ކުރެއްވުމަށްފަހު، އިންތިހާބުގެ ފުރަތަމަ ބުރުން 40 އިންސައްތަ ވޯޓުވެސް ނުލިބުމުން، އަނެއްކާވެސް ވެރިކަމުގައި ހުންނެވޭތޯ ރައީސް ނަޝީދުގެ އެހީއަށް އެދި ރައީސް ޞާލިހު ވަޑައިގެންފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ޖަވާބަކީ ހަމަ ފެށުނީއްސުރެ ވެސް އަޅުގަނޑުމެން ދައްކަވާ ވާހަކަ. އަޅުގަނޑުމެން މިއުޅެނީ ނިޒާމީ ބަދަލަކަށޭ. އެކަމަކު އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ މި ނިޒާމީ ބަދަލު ދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވާނެ ކަމަކަށް. އަޅުގަނޑުމެންނަށް އެނގޭ ކަމަކީ، 30 ސެޕްޓެމްބަރު މަހުގެ ފަހަށް މިކަން ކުރަން އަޅުގަނޑުމެން އުޅެފިއްޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެ ވޯޓަށް އެއްސެވި ކަމަށް ވިޔަސް، އެ ފެއިލް ކޮށްލާވަރު ކޮށްލާނެ އޭ.  

އީވާ އަބްދުالله

އީވާ ވިދާޅުވީ، 30 ސެޕްޓެމްބަރު ގެ ކުރިން ނިޒާމީ ވޯޓު ނުނަގާނަމަ، ރައީސް ޞާލިހަށް ޑިމޮކްރެޓްސް އިން ތާއީދު ނުކުރާނެ ކަމަށެވެ.

ކޮމެންޓް
ބުނާނަން
ކޮން ނިޒާމީ ވޯޓެއް ނަގަންތަ؟ މިހާރު ކުރަންވީ ކަމަކީ ރާއްޖެއިން ޑިމޮކްރަސީ ފޮހެލަންވީ. to ބުނާ ޑިމޮކްރަސީ އައިފަހުން މުޅި ރާއްޖެ halaaku ވެއްޖެ.
19 Sep 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.