މީކާއިލް ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
19 Sep 2023 | 22:59
ދެވަނަ ބުރު ޔަގީންކޮށްލައިގެން ތިބެވޭކަށް ނެތް: މީކާއިލް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޔަގީންކޮށްލައިގެން މަޑުން ތިބެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިފަދައިން ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުން ގަލޮޅުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞަލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވަނީ މި ވެރިކަން ދަމަހައްޓަން ޖެހޭ ބައެއް ސަބަބުތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ރައީސް ޞާލިހުގެ މި ފަސް އަހަރަކީ ރާއްޖޭގައި މާރާމާރީތައް ބޮޑުތަނުން މަދުކުރެވިފައިވާ ފަސް އަހަރުކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. 

މީގެ ކުރިން އާއިލާތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި، ޒުވާނުންނަށް އަމާންކަމާއެކު މަގުމަތީގައި އުޅުމުގެ ފުރުސަތު ގެއްލިފައި އޮތް ނަމަވެސް ރައީސް ޞާލިހުގެ ވެރިކަމުގައި އެކަން ޔަގީންކުރެވިފައިވާ ކަމަށާއި، މިއީ ވަރަށް ފުންކޮށް ރައްޔިތުން ވިސްނާލަން ޖެހޭކަމެއްކަމަށް މީކާއިލް ވިދާޅުވި އެވެ. 

އޭގެ އިތުރުން މީކާއިލް ވިދާޅުވީ މިހާރު މިއޮތީ ދެ ސިޔާސީ ޕާޓީގެ ދެމެދުގައި އޮތް ފިކުރުގެ ތެރެއިން ވަކި ފިކުރެއް އިޚްތިޔާރުކުރުމަށް ވުރެ ބޮޑު ނިންމުމެއް ނިންމަން ޖެހިފައި ކަމަށެވެ. އެގޮތުން 30 ސެޕްޓެމްބަރު ވަނަ ދުވަހު ރައްޔިތުންނަށް ނިންމަން ޖެހިފައި އޮތީ މާޒީއަށް ދާނީ ތޯ ނޫނީ އަމާން ރާއްޖެއެއްގައި ކުރިއަށް ދާނީ ތޯ ނިންމާ ނިންމުންކަމަށެވެ. 

ޔަގީނުންވެސް މާޒީގައި ކުރިމަތިވި ފަދަ އަނިޔާތަކާއި ކުރިމަތިލުމަކީ ރައްޔިތުން ބޭނުންނުވާނެ ކަމެއްކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ އެއާއެކުވެސް ދެވަނަ ބުރު ޔަގީންކޮށްލައިގެން ތިބެގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ މެމްބަރުން އެދުވަހު ވަގުތު ހުސްކޮށްގެން ވޯޓުލުމަށް މީކާއިލް ވަނީ ގޮވާލައްވާފަ އެވެ. 

"ފުރަތަމަ ބުރުގައި ހެދުނު މިސްޓޭކުތައް ބަލައި، ޔަގީންކުރެވިފައިވާ ކަމަށް. ދެވަނަ ބުރު ޔަގީންކުރެވިފައިވާކަމަށް، ގޭގައި ކައްކަން ބިޒީވެފައި ހުއްޓަސް ވޯޓުފޮއްޓާއި ހަމަޔަށް ގެންދިއުމަކީ އަޅުގަނޑު އިލްތިމާސްކުރާކަމެއް"

މީކާއިލް ނަސީމު

މީކާއިލް ވިދާޅުވީ 30 ސެޕްޓެމްބަރުގައި ރައްޔިތުން ވޯޓުލާއިރު، މި ފަސްއަހަރު ރައްޔިތުންނަށް ލިބުނު ހިތްފަސޭހަ ދިރިއުޅުން ހަނދުމައިގައި ބަހައްޓާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ދިވެހިން އެދޭ ވެރިކަން ކޮށްދެއްވާނެ ބޭފުޅަކީ ރައީސް ޞާލިހު ކަމާއި މެދު ޝައްކު ނުކުރައްވާކަމަށް މީކާއިލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.