ރައީސް ޞާލިހު ގަލޮޅު ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
19 Sep 2023 | 23:00
ދެވަނަ ހާފަށް މި ނިކުންނަނީ މާ ގަދަކޮށް، ބޮޑު ތަފާތަކުން ކާމިޔާބުކުރާނަން: ރައީސް ޞާލިހު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ގަލޮޅުގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވީ އެކަން ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތުމުން ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބު އެއްބުރުން ކާމިޔާބުވިޔަ ނުދިނުމަށް އޭރުވެސް ބަޔަކު މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އެއްބުރުން އިންތިޚާބު ނުނިމުނީ އެމީހުން ކުރި މަސައްކަތުގެ ސަބަބުން ގިނަ ވޯޓުތަކެއް ބެހިގެން ދިއުމުން ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހު ގަލޮޅު ކެމްޕޭނު ޖަލްސާގެ ތެރެއިން

" މި އިންތިޚާބު ދެވަނަ ބުރަކަށް ގެންދިއުމަށް ބަޔަކު މަސައްކަތް ކުރި. އެގޮތުން 30000 އަށް ވުރެ ގިނަ ވޯޓު އެހެން ކެންޑިޑޭޓުން ނެގި، އެކަމަކު އަޅުގަނޑުމެން ތިބީ ދެވަނަ ބުރަށް ވެސް ތައްޔާރުވެގެން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

އެއާއެކު ރައީސް ޞާލިހު ވިދާޅުވީ ފުރަތަމަ ބުރު ކާމިޔާބު ނުވި ނަމަވެސް، އޭރުވެސް ދެވަނަ ބުރަކަށް ދާން ޖެހިދާނެކަން ވިސްނައިގެން އެކަމަށް ތައްޔާރުވެ ތިއްބެވިކަމަށެވެ. 

ފުރަތަމަ ބުރަށްފަހު، ލިބުނު ތަޖުރިބާތަކާއެކު މިހާރު ދެވަނަ ބުރަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.

އެމަނިކުފާނު އަރިހުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަންކަން ވިދާޅުވެދެއްވާނެ މޮޅެތި ބޭފުޅުން ތިއްބެވި ކަމަށާއި، އެބޭފުޅުންނާއި އެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހުގެ އަރިހުގައި މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު ހަލީމު ހުންނަވައިނިކޮށް

"އަދި މި ކުޅެވުނީ އެއް ހާފް. މި އޮތީ 3 ގޯލި އެއް ގޯލުގެ ޑެފެސިޓެއްގައި. އަދަށް ރާވާލާފައި. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުން މިތާ އެބަތިބި. މިވޭފުޅުންގެ ރޭވުންތެރިކަމާއެކު، އިރާދަކުރެއްވިއްޔާ ގޯލު ޖަހާނެ. ދެވަނަ ހާފަށް މި ނިކުންނަނީ މާ ގަދަކޮށް، އިރާދަކުރެއްވިއްޔާ ތަފާތު ބޮޑުކޮށް ކާމިޔާބުކުރާނަން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު އެންމެ ފުރަތަމަ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ދެތިން ބަޔަކާއި ގުޅެން ޖެހޭނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. 

އެގޮތުން އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސްއާއި އެކު ކޯލިޝަން އެއްބަސްވުމަށް އާދެވޭތޯ ގިނަ މަސައްކަތްޕުޅުތަކެއް ވެސް ކުރައްވާފަ އެވެ. އެހެން ނަމަވެސް މިހާރު އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބި ސިޔާސީ ޕާޓީތައް ފިޔަވައި އިތުރު ބަޔަކު ދެވަނަ ބުރަށް ރައީސް ޞާލިހު ފަހަތްޕުޅަށް އަރާވަޑައިގެންފައެއް ނުވެއެވެ. 

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވަނީ ދެވަނަ ހާފަށް ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި ދެވަނަ ހާފުގައި ކުޅެ ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދަވާނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.