ރައީސް ޞާލިހު ގަލޮޅު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
20 Sep 2023 | 08:02
ދަފްތަރަށް ޚާއްސަ ހައުސިން ސްކީމެއްގެ މަސައްކަތް ފަށައިފިން: ރައީސް ޞާލިހު

މާލޭގެ ދަފްތަރުގައި ޖެހިގެން ތިބި ފަރާތްތަކާއި މާލެއަށް ދިރިއުޅުން ބަދަލުކޮށް ގިނަ ދުވަސްތަކެއްވެފައިވާ ފަރާތްތަކަށް ޚާއްސަ ހައުސިން ސްކީމެއްގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިއުލާނުކުރައްވައިފި އެވެ. 

އެމަނިކުފާނު މިފަދައިން އިއުލާނުކުރައްވާފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަލޮޅުގައި ބޭއްވި ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނުގެ ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ގެދޮރުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް، އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ސަރުކާރުން ކުރަމުންދާ އަންނަ ކަމަށެވެ. 

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބަލާއިރު، މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ފަރާތްތަކަކީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ވަރަށް ބޮޑެތި ތަކުތީފުތައް އުފުލަންޖެހިފައިވާ ބައެއްކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ.

އެއީ މާލޭ ރަށްވެހިންނަށް ނުވާތީ، މާލެއަށް ޚާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުރުސަތު ނުލިބުމާއި، މާލޭގައި ދިރިއުޅޭތީ އަމިއްލަ ރަށުންވެސް ބިންކޮޅެއް ހޯދުމަކީ އެފަދަ ފަރާތްތަކަށް ދަތިކަމަކަށް ވެފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ 20 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި އުޅެފައިވާ، އަދި މާލޭގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ސަރުކާރުން ޕްލޭންކުރަން ފަށާފައިވާ ކަމަށެވެ. ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގއި ކުރެވުނު މަސައްކަތުން ސިޔާސަތު މިހާރު ވަނީ އެކަށައަޅާލެވިފައި ކަމަށާއި، އަދި އެ ސިޔާސަތު ވަރަށް އަވަހަށް ފައިނަލް ކުރައްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހު ގަލޮޅު ޖަލްސާގައި ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީޕީ

"މާލޭގައި ދިރިއުޅޭ ދަފްތަރުގައި 20 އަހަރަށްވުރެ ގިނަ ދުވަހު މީހުންނަށް ޚާއްސަ ހައުސިން ސްކީމެއް ތައާރަފްކުރާނަން. އެކަމުގެ ސިޔާސަތުތައް ދެތިން ދުވަހުގެ ތެރޭގައި ކަނޑައަޅައިފިން. ދެން އޮތީ ފައިނަލްކޮށްލުން. އެ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދޭނަން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މި ސިޔާސަތާއެކު ދަފްތަރުގައި ޖެހިފައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި އެ މީހުންގެ އިތުރުން ވެސް އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އަސާސީ ހައްގު ކަށަވަރުކޮށްދިނުން ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އޭގެ އިތުރުން ވިނަރެސް ފްލެޓުތަކުގެ އަގު ކުޑަކޮށް ޑައުންޕޭމަންޓު ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޞާލިހު ވަނީ ދެއްވާފަ އެވެ. އަދި ސަރުކާރުގެ ހައުސިން ސްކީމުތަކަށް ރައްޔިތުން ހުށައަޅާ ބަދަލުތައްވެސް ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ