އަހްމަދު ހަލީމް
ހަބަރު
20 Sep 2023 | 11:52
ޑިމޮކްރެޓްސްގެ 99 އިންސައްތަ މެމްބަރުން އެމްޑީޕީ ފަޅިއަށް އަރާނެ: ހަލީމް

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޑިމޮކްރެޓްސްގެ 99 އިންސައްތަ މެމްބަރުން އަރަމުން ދަނީ އެމްޑީޕީ ކޮޅަށް ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ރޭ އެމްޑީޕީން ބޭއްވި ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ދޮންބިލެތް ވިދާޅުވީ، މިދިޔަ ތިން ދުވަހުގެ ތެރޭގައި ނަތީޖާ ބަދަލުވަމުންދާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު އޮތީ 3-1 އިން ކުރީގައެވެ. އެކަމަކު، ދޮންބިލެތް ވިދާޅުވީ ރެއާ ހަމައަށް އައިއިރު 3-3 އިން އެއްވަރުވެފައިވާ ކަމަށެެވެ. އަދި ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ދުވަހު ތިން ގޯލް ޖަހަން ޖެހޭ ކަމަށް އެނާ ވިދާޅުވިއެވެ. 

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ދޮންނަ މެޝިނަކާއި އުވަގަށާ މެޝިނަށާއި ތެލިތައްޓަށް ވޯޓުލައިގެން ޕްރައިމަރީއަކުން އިއްތިފާގުވީ ރައީސް ނަޝީދަށް ރިޔާސީޓިކެޓު ދިނުމަށްކަމަށާއި ނަމަވެސް ކުރީގެ ރައީސް  ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައީސް ނަޝީދު "އެލުވައިގެން" ކޯޓަށް ވައްދައި ހުކުމެއް ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެ ދުވަހުގެ ނަތީޖާއަކަށްވީ އެ ޓިކެޓު، އަޅުގަނޑުމެންނަށް މަޖުބޫރުވީ އެހެން ފަރާތަކަށް އެ ޓިކެޓު ހަވާލުކުރަން. 2018 ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބާ ކުރިމަތިލީ ޕްރައިމަރީއަކާ ނުލައި، ރައީސް ސޯލިހަށް އަޅުގަނޑުމެން އާދޭހާއެކު އެތައް ފަހަރަކު ރައީސަށް ދަންނަވައިގެން، އަޅުގަނޑުގެ ހާޒިރުގައި އެތައް ދުވަހަކު އެތައް މީޓިންއެއް ހިނގައިގެން ގޮސް، އެންމެ ފަހުން ރައީސް ސޯލިހު އެއްބަސްވީ އެކަން އަޅުގަނޑުމެންނަށް ކޮށްދޭން

އަހްމަދު ހަލީމް 

މީގެ އިތުރުންވެސް ދޮންބިލެތް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައިސް، ތަރައްގީގެ އެތައް މަޝްރޫއުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާ ކަމަށާއި އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލައިގެ ފައިދާ މިހާރު ނަގަމުން ދަނީ ޕީޕީއެމް/ޕީއެންސީ މެދުވެރިކޮށް ކަމަށެވެ. އަދި ގުއިރޯނުގައި ޖެހުމަކީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން މުއިއްޒަށް ވޯޓުލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.