ރޭ ބޭއްވި އެމްޑީޕީގެ ކެންޕެއިން ޖަލްސާގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
20 Sep 2023 | 12:02
މިނިސްޓަރު މަހުލޫފަށްވެސް ހިސާބު އޮޅިއްޖެ!

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވެސް އިންތިހާބުގެ ނަތީޖާ އޮޅި، ހިސާބު ޖައްސަވާނެ ގޮތްވެސް އޮޅިވަޑައިގެންފިއެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެންޕެއިނަށް ރޭ ގަލޮޅުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މަހްލޫފް ވެސް ވަނީ ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ނުކުތީ އެމްޑީޕީން އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ. 

"އަޅުގަނޑަށް ހީވަނީ ހަމަ ހަގީގަތަށްވެސް އަޅުގަނޑުމެން ތަންކޮޅެއް ފޮނިވީހެން" މަހްލޫފް ވިދާޅުވި އެވެ. 

އެހެން ނަމަވެސް، މިހާރު ކަންކަން ރެއަކާލައިފި ކަމަށާ، މިހާރު ގަލޮޅުގެ ރައްޔިތުން ނުކުމެ ތިބީ "ރާސްޓަސް ލާފައި" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވަން ކަމަށް މަހްލޫފު ވިދާޅުވި އެވެ. 

މިއާއެކު މަހްލޫފް ވިދާޅުވީ، އެމްޑީޕީ އަދި ބަލި ނުވާކަމަށާ، އަދި ތާރީޚަށް ބެލި ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ އެމަނިކުފާނަށް ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް %45 ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މަހްލޫފު ވިދާޅުވި އެވެ. 

އަދި 2013 ވަނަ އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު %47 ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. 

މިއާއެކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުޢިއްޒަށް ލިބިލެއްވީ %43 ވޯޓު ކަމަށާ، ނަމަވެސް ރައީސް ޞާލިހަށް %40 ލިބިލެއްވި ކަމަށް މަހްލޫފު ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް މި ފެނުނީ، ޑރ. މުޢިއްޒަށް %43 ކަންނޭގެ ލިބިވަޑައިގެންނެވި ތަން. އަޅުގަނޑުމެންގެ ކެންޑިޑޭޓް ރައީސް ޞާލިހް މިއޮތީ %40 އާއެކީ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން 30 ވަނަ ދުވަހު ފަސޭހަކާއެކީ ކާމިޔާބު ކުރާނަން. 

މިނިސްޓަރު އަހުމަދު މަހުލޫފް 

މަހްލޫފް މިފަދައިން ވިދާޅުވެފައި ވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާގޮތުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުޢިއްޒަށް ލިބިލެއްވީ %46.06 އެވެ. އަދި ރައީސް ޞާލިހަށް ލިބިލެއްވީ %39.05 އެވެ. ވީއިރު، އެ 46 އިންސައްތަ 43 އިންސައްތައަށް ހެދޭނެ އެއްވެސް ގޮތެއް ނެތް އިރު، 39.05 "ރައުންޑް އޮފް" ކޮށްގެންވެސް އޭތި 40 އިންސައްތައަށް ހެދޭނެ ގޮތެއް ނޯންނާނެއެވެ.

ވުމާއެކު، މިފަހަރު ހިސާބު ޖަހަން ނޭނގިފައި، ނުވަތަ އޮޅުން އަރާފައި މިވަނީ މިނިސްޓަރު މަހްލޫފް އަށްކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.