ޝެއިޚް އިލިޔާސް ޖަމާލު އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
20 Sep 2023 | 13:48
ޝެއިޚް އިމްރާނު ހުއްޓާ އެހެން ބަޔަކަށް ދީނީ ކާޑެއް ނުކުޅެވޭނެ: އިލިޔާސް ޖަމާލު

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ހުންނަވަނިކޮށް އެހެން ބަޔަކަށް ދީނީ ކާޑު ނުކުޅެވޭނެކަމަށް ޝެއިޚް އިލިޔާސް ޖަމާލު ވިދާޅުވެއްޖެ އެވެ.

ޝެއިޚް މިފަދައިން ވިދާޅުވެފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ ގަލޮޅުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޝެއިޚްގެ ވާހަކަ ފައްޓަވަމުން ވަނީ އިސްލާމްދީނާއި ގައުމިއްޔަތާއި ގުޅުވާ ރީތި ޅެމެއް އިދިކޮޅުގެ ފަރާތްތަކަށް ވިދާޅުވެދެއްވާފައެވެ. އެއާއެކު ޝެއިޚް ވިދާޅުވީ އިދިކޮޅުގެ ފަރާތްތަކުން ލާދީނީ ނަންބޭނުންކޮށްގެން "ދީނީ ކާޑު" ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ދީނީ ކާޑަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގަމުންދިޔަ ކަންކަމާއި ދެކޮޅަށް އަދާލަތު ޕާޓީން އޭރުގެ ޝެއިޚް އަދި މިހާރު ހޯމް މިނިސްޓަރުގެ ގޮތުގައި ހުންނެވި އިމްރާން އަބްދުالله ބޭނުންކުރައްވަމުން ދިޔަ އެއްޗެއް ކަމަށާއި، އޭރު އެފަދައިން އެވާހަކަތައް ދެއްކެވީ ކީރިތި ރަސޫލާގެ ސުންނަތް ނޫން އެހެން ގޮތެއް ހޯދަން ޖެހޭކަމަށް ވިދާޅުވެ ވެރިން ދައްކަވަމުން ދިޔަ ވާހަކަތަކުގެ ސަބަބުންކަމަށް ޝެއިޚް އިލިޔާސް ޖަމާލު ފާހަގަކުރެއްވި އެވެ. 

އެއާއެކު ޝެއިޚް ވިދާޅުވީ މިހާރު އެ ހާލަތު ނެތްކަމަށާއި، ދީނީ ކާޑު އެހެން ބަޔަކަށް ނުކުޅެވޭނެ ކަމަށެވެ. 

ޝެއިޚް އިލިޔާސް ޖަމާލު ރައީސް ޞާލިހު ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ

"މިބޭފުޅުން ވަރަށް ރޭވި ދީނީ ކާޑު ކުޅެން، ނުކުޅެވޭނެ! ލާދީނީ ކާޑު ކުޅެން.. ނުކުޅެވޭނެ! ކީއްވެގެންތޯ؟ އެ ކާޑު މީގެކުރިން މި ގައުމުގައި ކުޅުއްވީ އަދާލަތު ޕާޓީން. ޝެއިޚް އިމްރާނު އެ ހުންނެވީ.. ދެން ކިހެންތޯ ކުޅޭނީ އެ ކާޑު"

ޝެއިޚް އިލިޔާސް ޖަމާލު 

އެކަން ފާހަގަކުރައްވާ ޝެއިޚް އިލިޔާސް ޖަމާލު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވަރަށް ބޮޑަށް ހުޝާމަދުކުރައްވާފަ އެވެ. 

ޝެއިޚް ވިދާޅުވީ ރައީސް ޞާލިހަކީ ވަރަށް ހެޔޮލަފާ ޞާލިހު އަދި ދީނަށް ލޯބިކުރައްވާ ބޭފުޅެއްކަމަށެވެ. އެމަނިކުފާނު ފަދަ އަޚުލާގު ދަރިއަކު ނެތްކަމަށާއި، އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ބާވަތެއްގެ ދީނީ ކާޑު ކުޅެވެން ނޯންނާނެކަމަށް ޝެއިޚް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ