ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
20 Sep 2023 | 13:49
ރައީސް ޞާލިހު ކުރިމަތިލައްވަން ފެންނަނީ ދުނިޔޭގެ ރައީސްކަމަށް: މަހުލޫފު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދުނިޔޭގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު ގޮވާލައްވައިފި އެވެ. 

މިނިސްޓަރު މަހުލޫފު މިފަދައިން ގޮވާލައްވާފައިވަނީ ގަލޮޅުގައި ބޭއްވި ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނު ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

މަހުލޫފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދުތަކުން ރައްޔިތުންނަށް އެތައް އުންމީދެއް މިހާރުވެސް ގެނެސްދީފައިވާ ކަމަށެވެ.

ޚާއްސަކޮށް އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާފައިވާ ކަމަށާއި، އެމަނިކުފާނު ރައްޔިތުންނާއި ހަމަޔަށް ތިލަކޮށްދެއްވާފައިވާ ކަންކަމަކީ މީގެ އެތައް އަހަރަކު ނުކޮށްދެވިހުރި ކަންތައްތަކެއް ކަމަށެވެ. 

މަހުލޫފުވިދާޅުވީ ރައީސް ޞާލިހު ވަރުގެ ވެރިއެއް މި ޤައުމަށް 500 އަހަރުން ވެސް ނުލިބޭނެކަން ގަބޫލުކުރާ މީހުން އެބަތިބި ކަމަށެވެ. އެމަނިކުފާނުގެ ޤާބިލްކަމަށް ބަލާއިރު ހަގީގަތުގައި ކުރިމަތިލައްވަން ފެނިވަޑައިގަންނަވަނީ ދުނިޔޭގެ ރައީސްކަމަށް ކަމަށް މަހުލޫފު ވިދާޅުވި އެވެ. 

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ގަލޮޅު ޖަލްސާގައި ވާހަކަދައްކަވަނީ

"އަޅުގަނޑުމެން ބޭނުންވަނީ މި ގައުމުގެ ރައީސަކަށް ނޫން (މަނިކުފާނު) ދުނިޔޭގެ ރައީސަކަށް ކުރިމަތިލައްވަން"

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

މަހުލޫފު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. މީގެ ކުރިން ޖުމްހޫރީ ޕާޓީއާއި ދަ ޑިމޮކްރެޓްސްއަށް ވޯޓުދެއްވި ފަރާތްތައް ވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާއީދުދޭން ނިންމަވާފައިވާ ކަމަށާއި، އެމީހުންގެ ބޮޑު އަގުލަބިއްޔަތެއް ރައީސް ޞާލިހަށް ލިބިގެންދާނެކަމަށް މަހުލޫފު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ނޮވެމްބަރު 17 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ހުވާކުރައްވާނީ ރައީސް ޞާލިހުކަމާއި މެދު ޔަގީންކުރައްވާކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.