ލަންދޫގައި ބޭއްވުނު ޖަލްސާގައި ޑރ މުޢިއްޒު ވާހަކަދައްކަވަނީ.
ހަބަރު
20 Sep 2023 | 13:54
ފަރުވާތެރި ނުވެވިއްޖެނަމަ މިނިވަންކަން ގެއްލިގެން ހިނގަދާނެ: ޑރ މުޢިއްޒު

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގައި ފަރުވާތެރި ނުވެވިއްޖެނަމަ ޤައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ  މުޢިއްޒު މިހެން ވިދާޅުވީ ކެމްޕޭނަށް ނ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި  ނ. ލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ މުޢިއްޒު ވިދާޅުވީ މިހާރު މިކަމަކީ ރަށްރަށުގައި ކުރަން ހުރި ތަރައްޤީގެ މަސައްކަތްތަކާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، އިޤްތިޞާދު ރަނގަޅުކުރަމުން ޤައުމަށް ތަރައްޤީ ގެނައުމަކީ މާތް اللهގެ އިރާދަފުޅާއި އެކު މާބޮޑު ކަމެއް ނޫން ކަމަށެވެ.

އެއައްވުރެ ބޮޑު ކަމަކީ ޤައުމުގެ އަމިއްލަވަންތަކަން ޤައުމުގެ މިނިވަންކަން ގެއްލުމާއި ހިސާބަށް ކަންކަން ގޮއްސައި އޮތުން ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް 30 ވަނަ ދުވަހު ވޯޓަށް ވަޑައިގަންނަވާއިރު ވިސްނަވަންވީ ރަށުގެ ތަރައްޤީ އަށް ކުރަން ހުރި ކަންކަން ކުރުމަކީ މާއުނދަގޫ ކަމެއް ނޫންކަމަށާއި އެކަމަކު ފަރުވާތެރި ނުވެއްޖެއްޔާ މިނިވަންކަން ގެއްލިގެން ހިނގަދާނެ ކަމެވެ.

އަދި މިނިވަންކަން ގެއްލިޖެނަމަ އަނބުރާ އެކަން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ވެރިކަން ދެއްވައިފިނަމަ ރާއްޖޭގެ މިނިވަން ކަން ދަމަހައްޓާނެ ކަމުގެ 100 ޕަސެންޓް ޔަޤީން ކަން ދެއްވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.