ހަސަން ލަތީފް--
ހަބަރު
21 Sep 2023 | 12:47
ޑިމޮކްރެޓްސްގެ މެންބަރުންނަކީ ދޮންބިލެތް ފަދައިން ފަޅަކަށް ނަފްސު ވިއްކާލާނެ ބައެއް ނޫން: ހަސަން ލަތީފް

ޑިމޮކްރެޓުންނަކީ ފަޅަކަށް ނަފްސު ވިއްކާލެނެ ބައެއް ނޫން ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް, ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) އަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޑިމޮކްރެޓްސްގެ 99 އިންސައްތަ މެމްބަރުން އަރަމުން ދަނީ އެމްޑީޕީ ކޮޅަށް ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ހަސަން ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުންނަކީ ދޮންބިލެތް ފަދައިން ފަޅަކަށް ނަފްސު ވިއްކާލާނެ ބައެއް ނަމަ، އެ ޕާޓީ ނު އުފެދުނީސް ކަމަށެވެ. އަދި މިހާރު ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ދުރަށް ޖެހިލައިގެން އުޅެނީ ރައީސް ޞާލިހުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”ޑިމޮކްރެޓްސްގެ މެންބަރުންނަކީ ތިޔަހެން (ދޮންބިލެތް ހެން) ފަޅަކަށް ނަފްސު ވިއްކާލާ ބައެއް ނަމަ މި ޕާޓީ ނުއުފެއްދުނީސްކަން އަހުމަދަށް އޮޅިވަޑައި ގަތުމަކީ އަޅުގަނޑު ހައިރާންވާނެ ކަމެއްނޫން! ޑިމޮކްރެޓުން އެމްޑީޕީއާއި ދުރަށް ދިޔައީ ރައީސް ޔާމީންގެ ސަބަބަކުން ނޫން. ރައީސް ޞާލިހުގެ ސަބަބުން.“ ހަސަން ވިދާޅުވިއެވެ.

އަހްމަދު ހަލީމް (ދޮންބިލެތް)އަކީ ރައީސް ނަޝީދާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި، އަދި މަޖިލީހުގައި މިސަރުކާރާރަށް ފާޑުވެސް ވިދާޅުވި ބޭފުޅެކެވެ. އަނބިކަނބަލުންނަކީ ޑިމޮކްރެޓްސް އުފެއްދުމަށް ކުރި މަސައްކަތުގައި ވެސް އުޅުއްވި ބޭފުޅެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އޭނާ ނަޝީދާއެކު ހުންނެވިއެވެ. 

ނަމަވެސް މިފަހުން އޭނާ ފެނިފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިންގެ ތެރެއިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.